ހެރިޓޭޖްގެ ވެރިން ނުކުމެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވަނީ
ހެރިޓޭޖްގެ ވެރިން ނުކުމެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވަނީ

މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަށް ހެރިޓޭޖް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ނުކުންނަވައި، މަސައްކަތް ފައްޓަވައިފި އެވެ.

ހެރިޓޭޖްގެ ވެރިން ނުކުމެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވަނީ
ހެރިޓޭޖްގެ ވެރިން ނުކުމެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވަނީ

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް އިސްވެ ހުންނަވައިގެން އިއްޔެ ފެއްޓެވި އެ މަސައްކަތުގައި ހުކުރު މިސްކިތުގެ ހަރިންމަ ފާރުގައި ކުލަލައި، ގަބުރުސްތާނު ސާފުކޮށް، ވަޅުދިޔަ ހިއްކައި ވެލިލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް ނިންމާލެވޭނީ މިއަދު ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ހެރިޓޭޖްގެ ވެރިން ނުކުމެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވަނީ
ހެރިޓޭޖްގެ ވެރިން ނުކުމެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވަނީ

އިއްޔެ ވަޅުދިޔަ ހިއްކިއިރު ވަޅަށް އެރުނީ ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުހުސިން އާއި ކަލްޗަރަލް ހެރިޓޭޖް މެނޭޖަރު އަހްމަދު ހާޝިމެވެ.

ހުކުރު މިސްކިތު ގޯތި ތެރޭ މިހާރު ހުރި ވެލިތައް ނަގައި އަލުން ދޮންވެލި ލުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެކަމުގައި ވެސް އަމަލީ ގޮތުން އުޅުއްވަނީ ހެރިޓޭޖް މިނިސްޓްރީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ މިސްކިތް ކަމަށްވާ ހުކުރު މިސްކިތަކީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ތަނެކެވެ.