ތުރުކީގެ އެންމެ ބޮޑު މިސްކިތް އިސްތަންބޫލްގައި ހުޅުވައިފި
ތުރުކީގެ އެންމެ ބޮޑު މިސްކިތް އިސްތަންބޫލްގައި ހުޅުވައިފި

އިސްތަންބޫލް (މެއި 4) - ތުރުކީގެ އެންމެ ބޮޑު މިސްކިތް އިސްތަންބޫލްގައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ ހުޅުވައިދެއްވައިފި އެވެ.

ތުރުކީގެ އެންމެ ބޮޑު މިސްކިތް އިސްތަންބޫލްގައި ހުޅުވައިފި
ތުރުކީގެ އެންމެ ބޮޑު މިސްކިތް އިސްތަންބޫލްގައި ހުޅުވައިފި

ދެހާސް ތޭރަ ވަނަ އަހަރު މަސައްކަތް ފެށި ކެމްލިކާ މިސްކިތުގައި އެއް ފަހަރާ 63،000 މީހުންނަށް ނަމާދު ކުރެވެ އެވެ. ތުރުކީގައި މީގެ ކުރިން ހުޅުވި އެންމެ ބޮޑު މިސްކިތް ހުންނަނީ ދެކުނުގެ ޕްރޮވިންސް އަޑާނާގަ އެވެ. ނަވާރަ ސަތޭކަ އަށްޑިހަ ނުވަ ވަނަ އަހަރު ހުޅުވި ސަބަންސި ސެންޓްރަލް މިސްކިތުގައި އެއް ފަހަރާ 28،500 މީހުންނަށް ނަމާދު ކުރެވެ އެވެ.

ތުރުކީގެ އެންމެ ބޮޑު މިސްކިތް އިސްތަންބޫލްގައި ހުޅުވައިފި
ތުރުކީގެ އެންމެ ބޮޑު މިސްކިތް އިސްތަންބޫލްގައި ހުޅުވައިފި

މިސްކިތް ހުޅުވައިދެއްވުމަށް ފަހު އުރުދުޣާން ދެއްކެވި ވާހަކަތަކުގައި ވަނީ އަޅުކަން ކުރާ ތަންތަނަށް ދޭ ހަމަލާތައްް ކުށްވެރި ކުރައްވައިފަ އެވެ. އަދި އެއީ ޖިހާދު ނޫން ކަމަށާއި އެއީ ޓެރަރިޒަމް ކަމަށް ވިދާޅުވި އެވެ.

މިސްކިތުގައި ޖަހާފައިވާ ހަ މުންނާރުން ރަމްޒުކޮށްދެނީ އީމާންކަމުގެ ހަ ރުކުން ކަމަށް އޮފިޝަލުން ބުނެ އެވެ. މިސްކިތުގައި ވަނީ ތުރުކީގެ އިސްލާމީ އާޓް ހިމެނޭ މިއުޒިއަމަކާއި ލައިބްރަރީއެއް އަދި ކޮންފަރެންސް ހޯލްތައް ގާއިމްކޮށްފަ އެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި އަލްބޭނިއާގެ ރައީސް އިލީރް މެތާ އާއި ގިނީގެ ރައީސް އަލްފާ ކޮންޑޭ އާއި ސެނެގާލްގެ ރައީސް މަކީ ސޯލް އާއި ފަލަސްތީނުގެ ބޮޑު ވަޒީރު މުހައްމަދު ޝުތައްޔާ ބައިވެރިވެވަޑައިގެންނެވި އެވެ.