03 މެއި 2019 - 15:30

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް ގޯލް ޕްރޮގްރާމުގައި ދިރާގުން ބައިވެރިވެއްޖެ އެވެ.
ދިރާގުން ޔޫއެންޑީޕީއާ އެކު ޕާޓްނާޝިޕް ހަދާފައިވަނީ "ޑްރޯންސް ފޯ ރެސިލިއެންސް" އާއި "ފިލްމް ފޯ ޗޭންޖް ކްލައިމެޓް އެޑިޝަން" ގަ އެވެ.
ޑްރޯންސް ފޯ ރެސިލިއެންސް ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ދިމާވާ ކާރިސާތަކުން ސަލާމަތްވާނެ ގޮތާއި ގެއްލުންތައް ކުޑަކުރުމަށްޓަކައި ކުރެވޭނެ ކަންކަންތައްތައް ކިޔައިދޭނެ އެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީތަކާ އެކު ހިންގާ މި ޕްރޮގްރާމް ހަތަރު ރަށެއްގައި ކުރިއަށް ގެންދާނެ އެވެ.
މީގެ އިތުރުން ފިލްމު ފޯ ޗޭންޖު ކްލައިމެޓް އެޑިޝަންއާ އެކު މޫސުމަށް އަންނަ ބަދަލުތަކަށް ޒުވާނުން ހޭލުންތެރި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮގްރާމް ފަށާފައި ވަނީ 2017 ވަނަ އަހަރު އެވެ.
ދެމެހެއްޓިނިވި ގޮތެއްގައި ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ ސީއެސްއާރް ހަރަކާތްތަކުގެ ތެރެއިން ވަރަށް ހާއްސަ ސަމާލުކަމެއްދޭ ކަމެކެވެ.