02 މެއި 2019 - 13:45

އއ. ހަލަވެލި ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީއަކު އެ ރިސޯޓުގެ ޑިންގީއެއްގެ ބުރަފަތީގައި ޖެހި މިއަދު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ރިސޯޓުގެ ޑައިވިން ދޯނީގައި މަސައްކަތް ކުރާ 41 އަހަރުގެ ބަންގްލަދޭޝް މީހާ މަރުވީ، އޭނާ އެކަނި ޑިންގީގައި ނައްޓާލިތަނުން ފަހަތަށް ވެއްޓި، ބުރަފަތީގައި ޖެހިގެން ކަމަށެވެ. ބަންގްލަދޭޝް މީހާ ޑިންގީގައި ދިޔައީ ރިސޯޓުގެ ފައްތިޔަލުގައި އަޅާފައި އޮތް ޑައިވިން ދޯންޏެއްގައި ހުރި ދޯނި ކެޕްޓަން ބަލާ ކަމަށް ފުލުހުން ބުންޏެވެ.
މަރުވި މީހާ ވެއްޓޭތަން ފެނިގެން މީހުން އެ ސަރަައްދަށް ދިޔައިރު ޑީންގީގެ ބުރަފަތީގައި ގަމީސް އޮޅިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 11:15 ހާއިރެވެ.
"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.