އާދިއްތަ ދުވަސް ބަންދުކޮށްފި
އާދިއްތަ ދުވަސް ބަންދުކޮށްފި

ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ނުވިޔަސް، އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.

މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ، ކަލަންޑަރުގައިވާ ގޮތުން އަންނަ ހޯމަ ދުވަހެވެ. ނަމަވެސް، ހަނދު ބެލުން ހޮނިހިރު ދުވަހުގެ ރޭ އޮންނާނެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް އެގޮތަށް ހަމަޖެއްސެވީ، ރޯދަ މަހަށް ތައްޔާރުވުމަށް އާންމުންނަށް ވަގުތު ދިނުމަށެވެ.

ކަލަންޑަރުގައި ވާ ގޮތުން ހޯމަ ދުވަސް، މުލަ ރޯދަ އަށް ވެއްޖެ ނަމަ، މިއަދުން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަސް ސަރުކާރު ބަންދުވާނެ އެވެ.