ލަންކާގައި ބޮން ގޮއްވި މީހުންގެ މައުލޫމާތު އާއްމުކޮށްފި
ލަންކާގައި ބޮން ގޮއްވި މީހުންގެ މައުލޫމާތު އާއްމުކޮށްފި

ކޮލަމްބޯ (މެއި 2) - އީސްޓާ ސަންޑޭގައި ސްރީ ލަންކާގައި ބޮމުގެ ހަމަލާ ދިން ނުވަ މީންގެ ނަން ފުލުހުން އިއްޔެ އާއްމުކޮށްފި އެވެ.

ލަންކާގައި ބޮން ގޮއްވި މީހުންގެ މައުލޫމާތު އާއްމުކޮށްފި
ލަންކާގައި ބޮން ގޮއްވި މީހުންގެ މައުލޫމާތު އާއްމުކޮށްފި

ފުލުހުން ބުނީ ހަމަލާ ދިން ނުވަ މީހުންގެ ހުރިހާ މުދަލެއް، އެންޓި-ޓެރަރިޒަމް ގާނޫނުގައިވާ ގޮތުގެ މަތިން ހިފަހައްޓާނެ ކަމަށެވެ.

ލަންކާގައި ބޮން ގޮއްވި މީހުންގެ މައުލޫމާތު އާއްމުކޮށްފި
ލަންކާގައި ބޮން ގޮއްވި މީހުންގެ މައުލޫމާތު އާއްމުކޮށްފި

ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސެކަރަ ވިދާޅުވީ ލަގްޒަރީ ދެ ހޮޓަލެއްގައި ބޮން ގޮއްވީ ކޮލަމްބޯގައި މުއްސަނދި އާއިލާއެއްގެ ދެ ބެއިން ކަމަށެވެ. ޝަންގްރިއްލާ ހޮޓާ ފިޔަވައި ކޮންމެ ތަނަކަށް އަމިއްލަ އަށް މަރުވެގެން ހަމަލާ ދީފައި ވަނީ އެކަކެވެ. ކޮލަމްބޯގެ މަތީ ފެންވަރުގެ ޝަންގްރިއްލާ ހޮޓަލަށް ހަމަލާ ދީފައި ވަނީ ނޭޝަނަލް ތައުހީދު ޖަމާއަތް (އެމްޓީޖޭ) ގެ ލީޑަރު ޒަހްރާން ހާޝިމް އާއި އިލްހާމް އަހުމަދު މުހައްމަދު އިބްރާހިމެވެ. ހަމަލާ އަށް ފަހު ލަންކާގައި އެމްޓީޖޭ ވަނީ މަނާކޮށްފަ އެވެ.

އިލްހާމްގެ ބޭބެ އިންޝާފް އަހުމަދު ބޮން ގޮއްވާފައި ވަނީ ސިނަމަން ގްރޭންޑް ހޮޓަލުގަ އެވެ. ކިންގްސްބަރީ ހޮޓަލުގައި ބޮން ގޮއްވައިގެން އަމިއްލަ އަށް މަރުވީ މުހައްމަދު އައްޒާމް މުބާރަކް މުހައްމަދު ކިޔާ މީހެކެވެ. އޭނާގެ އަންހެނުން މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ގުނަސެކަރަ ވިދާޅުވި އެވެ.

ސެއިންޓް އެންތަނީ ފައްޅީގައި ބޮން ގޮއްވީ ކޮލަމްބޯ އަށް ނިސްބަތްވާ އަހުމަދު މުއާޒް ކިޔާ މީހެކެވެ. އޭނާގެ ބޭބެ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ނިގަމްބޯގެ ސެއިންޓް ސެބަސްޓިއަން ފައްޅީގައި އަމިއްލަ އަށް މަރުވެގެން ބޮން ގޮއްވީ ހާޝިމް ވެސް ނިސްބަތްވާ ލަންކާގެ އިރުމަތީގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ހަސްތުމް އެވެ.

އިރުމަތީގެ ބަޓިކަލޮއާ ޑިސްޓްރިކްޓުގެ ޒިއޯން ފައްޅި ގޮއްވާލީ އެ ސަރަހައްދަށް ނިސްބަތްވާ މީހެއް ކަމަށްވާ މުހައްމަދު ނާސިރު މުހައްމަދު އަސަދެވެ. ލަންކާގެ ތާޖް ހޮޓަލުގައި ބޮން ގޮއްވަން އުޅެ ބޮން ނުގޮވުމުން ކޮލަމްބޯގެ ޓްރޮޕިކަލް އިން ގެސްޓް ހައުސްގެ ކައިރީ ގޮއްވާލީ އަބްދުލް ލަތީފް ޖަމީލް ކިޔާ މީހެކެވެ. އޭނާ ވަނީ އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އިން ތައުލީމް ހާސިލްކޮށްފަ އެވެ.

ހޮޓާތަކުގައި ބޮން ގޮއްވިތާ ކުޑައިރުކޮޅެއް ފަހުން، ކޮލަމްބޯގައި ހުންނަ ގެއެއް ފާސްކުރަން ފުލުހުން ދިއުމުން އެގެއިން އަންހެނަކު ވަނީ އޭނާގެ ގައިގައި ހަރުކޮށްފައި ހުރި ގޮވާ ތަކެތި ގޮއްވާލައިގެން މަރުވެފަ އެވެ. އެ ހަމަލާގައި އެ އަންހެން މީހާގެ ދެ ދަރިންނާއި ފުލުހުންގެ ތިން މީހުން މަރުވި އެވެ. އެ އަންހެން މީހާ އަކީ ޝަންގްރިއްލާގައި ބޮން ގޮއްވި އިލްހާމްގެ އަންހެނުން ފާތިމާ އިލްހާމެވެ.

"އަމިއްލަ އަށް މަރުވެގެން ހަމަލާ ދިން އެންމެންގެ މުދާ ހިފައްޓަނީ ޓެރަރިޒަމަށް ޚަރަދު ކުރުން ހުއްޓުވުމުގެ ގާނޫނުތަކުގެ ދަށުން،" ގުނަސެކަރަ ވިދާޅުވި އެވެ.