04 މެއި 2019 - 08:18

މި އަހަރުގެ ބިލްބޯޑް މިއުޒިކް އެވޯޑްސްގައި 17 ކެޓަގަރީއަކުން ނޮމިނޭޓްވި، މަޝްހޫރު ރެޕާ ޑްރޭކް 12 ކެޓަގަރީއަކުން އެވޯޑް އުފުލާލައި ހަފުލާގެ ބިލްބޯޑް އެވޯޑްސްގެ ތާރީހުން ވެސް އާ ސޮފުހާއެއް ހުޅުވައިލަ ދީފަ އެވެ.
އެއްފަހަރާ 12 އެވޯޑް އުފުލައިލުމުގެ ޝަރަފާ އެކު ޑްރޭކް ހޯދާފައިވާ ބިލްބޯޑް އެވޯޑްސްގެ އަދަދު މިހާރު ވަނީ ޖުމްމަ 27 އަށް އަރައިފަ އެވެ.
މި ފަހަރު އޭނާ އެވޯޑް ގެންދިޔަ ކެޓަގަރީތަކަކީ ޓޮޕް އާޓިސްޓް، ޓޮޕް މޭލް އާޓިސްޓް، ޓޮޕް ބިލްބޯޑް 200 އާޓިސްޓް، ޓޮޕް 100 އާޓިސްޓް، ޓޮޕް ސްޓްރީމިން ސޯންގްސް އާޓިސްޓް، ޓޮޕް ސޯންގް ސޭލް އާޓިސްޓް، ޓޮޕް ރޭޑިއޯ ސޯންގްސް އާޓިސްޓް، ޓޮޕް ރެޕް އާޓިސްޓް، ޓޮޕް ރެޕް މޭލް އާޓިސްޓް، ޓޮޕް ބިލްބޯޑް 200 އަލްބަމް (ސްކޯޕިއަން) އަދި ޓޮޕް ރެޕް އަލްބަމް އެވެ.
މީގެ ކުރިން ބިލްބޯޑް މިއުޒިކް އެވޯޑްސްގެ އެންމެ ގިނަ އެވޯޑް ހޯދި ފަންނާނުގެ ރެކޯޑް އޮތީ ޓޭލާ ސްވިފްޓް، 29، ގެ އަތުގަ އެވެ. އެއީ ޖުމްލަ 23 އެވޯޑާ އެކީގަ އެވެ. ނަމަވެސް ޑްރޭކް، 32، މި ވަނީ 27 އެވޯޑާ އެކު ޓޭލާގެ ރެކޯޑް މުގުރާލައިފަ އެވެ.
* ޓޮޕް ނިއު އާޓިސް: ޖޫސް ވޯލްޑް
* ބިލްބޯޑް ޗާޓް އެޗީވްމަންޓް އެވޯޑް: އެރިއާނާ ގްރަންޑޭ
* ޓޮޕް ފީމޭލް އާޓިސްޓް: އެރިއާނާ
* ޓޮޕް ޑުއޯ/ގްރޫޕް: ބީޓީއެސް
* ޓޮޕް ސޯޝަލް އާޓިސްޓް: ބީޓީއެސް
* ޓޮޕް ޓުއަރިން އާޓިސްޓް: އެޑް ޝީރަން
* ޓޮޕް އާރްއެންޑްބީ އާޓިސްޓް: އެލާ މާއީ
* ޓޮޕް އާރްއެންޑްބީ މޭލް އާޓިސްޓް: ދަ ވީކެންޑް
* ޓޮޕް އާރްއެންޑްބީ ފީމޭލް އާޓިސްޓް: އެލާ މާއީ
* ޓޮޕް ރެޕް ފީމޭލް އާޓިސްޓް: ކާޑީ ބީ
* ޓޮޕް ރެޕް ޓުއާ: ބިޔޯންސޭ އާއި ޖޭ-ޒީ
* ޓޮޕް ރޮކް ޓުއާ: އެލްޓަން ޖޯން
* ޓޮޕް ޑާންސް/އިލެކްޓްރޯނިކް އާޓިސްޓް: ދަ ޗެއިންސްމޯކާޒް
* ޓޮޕް ސައުންޑް ޓްރެކް: ދަ ގްރޭޓެސްޓް ޝޯމޭން
* ޓޮޕް އާރްއެންޑްބީ އަލްބަމް: 17 (ޓްރިޕްލް އެކްސް ޓެންޓެކްޝަން)
* ޓޮޕް ކަންޓްރީ އަލްބަމް: ދިސް ވަންސް ފޮ ޔޫ (ލޫކް ކޮމްބްސް)
* ޓޮޕް ރޮކް އަލްބަމް: ފްރޭ ފޮ ދި ވިކްޑް (ޕެނިކް! އެޓް ދިސް ޑިސްކޯ)
ބުދަ ދުވަހު ބޭއްވި ފޯރިގަދަ ބިލްބޯޑް މިއުޒިކް އެވޯޑްސްގައި ވަރަށް ގިނަ ފަންނާނުން ވަނީ ސްޓޭޖްމަތީގައި ފޯރިގަދަ އައިޓަމްތަކެއް ވެސް ހުށަހަޅައި ދީފަ އެވެ. ލޮސް އެންޖެލިސްގެ އެމްޖީއެމް ގާޑްން އެރީނާގައި ބޭއްވި ހަފުލާ ހޯސްޓް ކުރީ ކެލީ ކްލާކްސަން އާއި ކާޑީ ބީ އެވެ.