ސައިގެ އަސްލު ރަހަ ދެނީ ހަކުރު ނާޅައި
ސައިގެ އަސްލު ރަހަ ދެނީ ހަކުރު ނާޅައި

ހަކުރަކީ ސަޔަށް އެއްވެސް ވަރަކަށް މުހިއްމު އެއްޗެއް ނޫން ކަމަށާއި ސައި ބޯންވީ ހަކުރު ނާޅައި ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ސައިގެ އަސްލު ރަހަ ދެނީ ހަކުރު ނާޅައި
ސައިގެ އަސްލު ރަހަ ދެނީ ހަކުރު ނާޅައި

އިނގިރޭސިވިލާތުގެ ޔުނިވަސިޓީ ކޮލެޖް ލަންޑަނާއި ލީޑްސް ޔުނިވަސިޓީ ގުޅިގެން ހަދާފައިވާ ދިރާސާ ރިޕޯޓެއްގައި ބުނީ ސައިގެ ހަގީގީ ރަހަ ތަޖުރިބާކުރަން ބޭނުން ނަމަ ސައި ބޯން ޖެހެނީ ހަކުރު ނާޅައި ކަމަށެވެ. އަދި ސަޔަށް ހަކުރު އަޅަން ނުޖެހޭ ކަމަށް ވެސް ދިރާސާގައި ބުންޏެވެ.

ނަމަވެސް ގިނަ މީހުން، ހަކުރު އަޅައިގެން ނޫނީ ސައެއް ނުބޮ އެވެ.

އެހެންވެ ދިރާސާ ހެދުމަށް ބޭނުންކުރި މީހުންނަށް ސައިންސްޓިންސްޓުންގެ ޓީމުން ތިން އިހުތިޔާރެއް ދިނެވެ. އެއް ގޮތަކީ ސަޔަށް ހަކުރު އަޅައިގެން ބުއިން ހަތަރު ހަފުތާ ވަންދެން އެއްކޮށް ހުއްޓައިލުމެވެ. އަނެއް ގޮތަކީ މަޑުމަޑުން ހަކުރު މަދުކުރަމުން ދިއުމެވެ. ތިން ވަނަ ގޮތަކީ ހަމަ އާދައިގެ ވަރަކަށް ހަކުރު އަޅައިގެން ސައި ބުއިމެވެ.

މި ތިން ގޮތް ތަޖުރިބާކުރި މީހުންގެ ނަތީޖާތަކަށް ރިއާޔަތްކޮށް ދިރާސާ ޓީމުން ބުނީ ގިނަ މީހުންނަށް ވަނީ ހަކުރު މަދު ކުރަމުން ގޮސް، ހަކުރު ނާޅައި ސައި ބޯން އާދަވެ، ހަކުރު އަޅައިގެން ސައި ބުއިމާ އެއްކޮށް ދުރުވެފައިވާ ކަމަށެވެ. އަދި އެގޮތަށް ސައި ބުއިމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑު ކަމަށް ދިރާސާ އިން ދެއްކި އެވެ.

އެގޮތުން ހަކުރު މަދު ކުރަމުން ގޮސް، ހަކުރު ހުއްޓައިލި މީހުންގެ ނިސްބަތް 42 ޕަސަންޓަށް އެރި އިރު، ހަކުރު އަޅައިގެން ސައި ބުއިން ކުއްލިއަކަށް ހުއްޓައިލި މީހުންގެ ނިސްބަތް ހުރީ 36 ޕަސަންޓްގަ އެވެ.

"ދިރާސާ އިން ސާބިތުވި ކަމަކީ ހަކުރާ ނުލައި ނުވަތަ ހަކުރުގެ މިންވަރު ބޮޑުތަނުން މަދު ކުރި ނަމަވެސް ސަޔަށް ދެވޭ ޝައުގުވެރިކަން ކުޑަނުވާކަން،" ދިރާސާގައި ބުންޏެވެ. "ހަކުރު ނާޅައި ސައި ބޯން ފެށީމަ ހަގީގަތުގައި އެކަމަށް ގަޔާވާން ފަށައި، ސަޔަށް ހަކުރު އެޅުމުގެ މުހިއްމުކަން ކުޑަވާން ފަށާނެ. މިއީ ދިގު މުއްދަތުގެ ފައިދާތަކަށް ވިސްނާ އިރު މާ ބޮޑަށް ވެސް ރަނގަޅު ގޮތެއް."

ދިރާސާގައި ފާހަގަ ކުރި ގޮތުގައި ހަކުރު ނާޅައި ސައި ބުއިމާ ބެހޭ ގޮތުން ހެދި ދިރާސާ އިން ނުކުތް ނަތީޖާއަކީ ހަކުރު އަޅައިގެން ބޯ އެ ނޫން ކަހަލަ ބުއިންތަކަށް ވެސް ހަކުރު ނާޅައި ބޯން ލިބޭނެ ހިތްވަރަކަށް ވާނެ އެވެ. އަދި މިއީ ހަކުރު ބޭނުން ކުރުން ހުއްޓައިލަން އެޅޭ ބާރަކަށް ވެސް ވާނެ އެވެ.

ހަކުރަކީ ސިއްހީ މައްސަލަތަކާ ގުޅުން ބޮޑު އެއްޗެކެވެ.