ދެ ވަނަ އަށް އެންމެ ބޮޑު އަލިމަސް ބޮޓްސްވާނާ އިން ފެނިއްޖެ
ދެ ވަނަ އަށް އެންމެ ބޮޑު އަލިމަސް ބޮޓްސްވާނާ އިން ފެނިއްޖެ

މިހާތަނަށް ފެނުނު އެންމެ ބޮޑު އެއް އަލިމަސް ބޮޓްސޮވާނާގެ ބިމުން ފެނިއްޖެ އެވެ.

މި ނަގާފައި ބޮޓްސްވާނާގައި ކެނެޑާގެ ކުންފުންޏަކުން ހިންގާ މައިންއަކުންނެވެ.

ލިއުކާރާ ޑަޔަމަންޓް ކޯޕަރޭޝަނުން ނެގި މި އަލިމަހުގައި 1،758 ކަރަޓް ހުއްޓެވެ. މިއީ ޓެނިސް ބޯޅައަކަށް ވުރެ ބޮޑު އަދި ބަރުދަނުގައި 352 ގްރާމް ހުރި އަލިމަހެކެވެ. މިހާތަނަށް ފެނުނު އެންމެ ބޮޑު އަލިމަހުގައި 3،016.75 ކަރަޓް ހުއްޓެވެ. އެ ފެނުނީ ދެކުނު އެފްރިކާއިންނެވެ.

މީގެ ތިން އަހަރު ކުރިން 2015 ގައި ވެސް މި ކުންފުނިން ވަނީ އަލިމަހެއް ނަގައިގެން ރެކޯޑެއް ހަދައިފަ އެވެ. އެފަހަރު ނެގި 1،109 ކެރެޓްގެ "ލެޒެނީ ލަ ރޯނާ" ނަން ދީފައިވާ އަލިމަސް ވިއްކާލުމުގައި އުނދަގޫތަކެއް ކުރިމަތިވި އެވެ. އެއީ އޭގެ ހަމަ އަގު ހޯދަން އުނދަގޫވުމުންނެވެ.

ދެއަހަރު ފަހުން މި އަލިމަސް ގަނެފައި ވަނީ އިނގިރޭސިވިލާތުގެ ގްރާފް ޑަޔަމަންޑްސް އިންނެވެ. އެއީ 53 މިލިއަން ޑޮލަރަށެވެ. މި އަލިމަހުން 67 ކުދި އަލިމަސް ވަނީ ކޮށައިގެން ހަދައިފަ އެވެ.

ލިއުކާރާ އިން ހާމަކުރި ގޮތުގައި އަލަށް ތައަރާފްވި ޓެކްނޮލޮޖީއާ އެކު އެމީހުން ވަނީ އަގު ބޮޑު ގިނަ އަދަދެއްގެ އަލިމަސް ހޯދައިފަ އެވެ. އޭގެ ތެރޭގައި ކަރޯވް އިން ހޯދި 12 ސްޓޯން ހިމެނެ އެވެ.

މި އަލިމަސް ހޯދި ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އީރާ ތޯމަސް ވިދާޅުވި ކަރޯވް އިން ވަނީ އެންމެ ހަތަރު އަހަރުތެރޭގައި 1،000 ކަރަޓް އަށް ވުރެ މަތީގެ ދެ އަލިމަސް އުފައްދައިފަ އެވެ.