ދިވެހިރާއްޖެ 5 - 0 ބަންގްލަދޭޝް
ދިވެހިރާއްޖެ 5 - 0 ބަންގްލަދޭޝް

މެޗު ނިމިއްޖެ. ފައިނަލް ސްކޯ އަކީ ރާއްޖެ 5-0 ބަންގްލަދޭޝް.

ދިވެހިރާއްޖެ 5 - 0 ބަންގްލަދޭޝް
ދިވެހިރާއްޖެ 5 - 0 ބަންގްލަދޭޝް

ރާއްޖޭން ފަސް ވަނަ ލަނޑު ކާމިޔާބުކޮށްފި. މި ގޯލް ކާމިޔާބުކުރީ އިސްމާއިލް އީސާ. ބަންގްލަދޭޝްގެ ދެ ކުޅުންތެރިން ނައްޓާލުމަށް ފަހު އީސަ އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށް.

ދިވެހިރާއްޖެ 5 - 0 ބަންގްލަދޭޝް
ދިވެހިރާއްޖެ 5 - 0 ބަންގްލަދޭޝް

ރާއްޖެ އަށް ރަނުގެ ފުރުސަތެއް ލިބި އަނެއްކާ ވެސް ބޭކާރުވެއްޖެ. ބޮކުރީ ނެގި ހުރަސް، ހަމްޒާ ވެއްޓިގެންފައި ފޮނުވާލި ނަމަވެސް ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށް.

ދިވެހިރާއްޖެ 5 - 0 ބަންގްލަދޭޝް
ދިވެހިރާއްޖެ 5 - 0 ބަންގްލަދޭޝް

އަސަދުﷲގެ ބަދަލުގައި މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ) ކުޅެން އަރުވައިފި.

ދިވެހިރާއްޖެ 5 - 0 ބަންގްލަދޭޝް
ދިވެހިރާއްޖެ 5 - 0 ބަންގްލަދޭޝް

ރާއްޖޭގެ ތިން ވަނަ ލަނޑާ އެކު ބަންގްލަދޭޝް ސަޕޯޓަރުން ދަނޑުން ނުކުންނަން ފަށައިފި. މިހާރު ދަނޑު ވަނީ ވަރަށް ބޮޑަށް ހުސްވެފައި.

ދިވެހިރާއްޖެ 5 - 0 ބަންގްލަދޭޝް
ދިވެހިރާއްޖެ 5 - 0 ބަންގްލަދޭޝް

ރާއްޖޭގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް އަސަދުﷲ ހެޓްރިކް ހަދައިފި. ލިލީ އަރިމަތިން ނެގި ހުރަސް އަސަދުﷲ ގޯލް ތެރެއަށް ވައްދާލީ ބޮލުން ޖަހައި.

ދިވެހިރާއްޖެ 5 - 0 ބަންގްލަދޭޝް
ދިވެހިރާއްޖެ 5 - 0 ބަންގްލަދޭޝް

ރާއްޖޭގެ ތިން ވަނަ ލަނޑު ހަމްޒާ ކާމިޔާބުކޮށްދީފި. ދަގަނޑޭ ދިން ބޯޅަ އަށް އަށް އަރާ ހަމްޒާ ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލީ ބަންގްލަދޭޝްގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު.

ދިވެހިރާއްޖެ 5 - 0 ބަންގްލަދޭޝް
ދިވެހިރާއްޖެ 5 - 0 ބަންގްލަދޭޝް

ރާއްޖޭން އަނެއްކާ ވެސް ހުސް ފުރުސަތެއް ބޭކާރުކޮށްލައިފި. ދަގަނޑޭ ދިން ބޯޅަ އަށް ރިޒްވާން ހުހަށް އަރާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށް.

ދިވެހިރާއްޖެ 5 - 0 ބަންގްލަދޭޝް
ދިވެހިރާއްޖެ 5 - 0 ބަންގްލަދޭޝް

ރާއްޖޭގެ އުމެއިރުގެ ބަދަލުގައި އިމްރާން ނަޝީދު އަރުވައިފި. އަދި އާއްކޮގެ ބަދަލުގައި ހަމްޒާ މުހައްމަދު (ހަމްޕު) އަރުވައިފި.

ދިވެހިރާއްޖެ 5 - 0 ބަންގްލަދޭޝް
ދިވެހިރާއްޖެ 5 - 0 ބަންގްލަދޭޝް

ރާއްޖޭގެ އާއްކޮ ރަނުގެ ފުރުސަތެއް ބޭކާރުކޮށްލައިފި. ދަގަނޑޭ އޭނާ އަށް ދިން ބޯޅަ އަށް މުޅިން ހުސްކޮށް އަރައި، އޭނާ ޖެހި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން. އޭރު އެ ބޯޅައަށް ދިފާއުކުރަން ހުރީ ކީޕަރު އެކަނި.

ދިވެހިރާއްޖެ 5 - 0 ބަންގްލަދޭޝް
ދިވެހިރާއްޖެ 5 - 0 ބަންގްލަދޭޝް

ރާއްޖޭގެ ދެ ވަނަ ލަނޑާ އެކު ބަންގްލަދޭޝްގެ ސަޕޯޓަރުން ދަނޑުން ނުކުންނަން ފަށައިފި.

ރާއްޖޭން ދެ ވަނަ ލަނޑު ޖަހައިފި. މި ލަނޑު ވެސް ކާމިޔާބުކޮށްދިނީ އަސަދުﷲ. ބަންގްލަދޭޝްގެ ޑިފެންޑަރެއް އަތުން ބޯޅަ ހޯދުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ދަގަނޑޭ ހުރަސްކުރި ބޯޅަ، އަސަދުﷲ ވައްދާލީ ގޯލުގެ މަތީ ކަނަށް.

ސެންޓޭގެ ބަދަލުގައި ޒުވާން ކުޅުންތެރިޔާ އަހުމަދު ރިޒްވާން (ރިޒޭ) ކުޅެން އަރުވައިފި. އޭނާ އަންނަނީ މި ސީޒަނުގައި އީގަލްސްގައި މޮޅު ކުޅުމެއް ދައްކަމުން.

ދަގަނޑޭ ބަންގްލަދޭޝްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ގޯލަށް ބޯޅަ ޖަހަން އުޅެނިކޮށް އޭނާ ވެއްޓިއްޖެ. އޭރު އެ ބޯޅަ އަށް ސެންޓޭ ވެސް ހުސްކޮށް އަރާ ހުރި.

މިހާރު ސްކޯ އަކީ ރާއްޖެ 1-0 ބަންގްލަދޭޝް

ރާއްޖޭން ލީޑު ނަގައިފި. ބަންގްލަދޭޝްގެ ޑިފެންޑަރެއް ކައިރިން ސަލާމަތްވެ އަހުމަދު އަބްދުﷲ (ލިލީ) ނެގި ހުރަސް ގޯލް ތެރެއަށް ވައްދާލީ އަސަދުﷲ. އޭނާ އޭރިއާ ތެރޭ ހުހަށް ހުރެ ބޯޅަ ގޯލަށް ވައްދާލީ މެއިން ޖައްސާލުމަށް ފަހު.

ބަންގްލަދޭޝްގެ ކުޅުންތެރިޔަކު އެއްލި ބޯޅައެއް ނުރައްކާތެރި ގޮތަކަށް އޭރިއާ ތެރެއަށް ހުރަސްވި ނަމަވެސް އެ ބޯޅަ އިމްރާން ސަލާމަތްކޮށްފި.

ދެ ވަނަ ހާފުގެ ކުޅުން ފަށައިފި.

ކޯނަރަކުން ހުރަސްވި ބޯޅައެއް ގޯލް ކުރިމަތިން އަޑުބަރޭ އަށް ހުސްކޮށް ލިބުނު އިރު އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް މަތިން.

ސެންޓޭ ފޮނުވާލި ނުރައްކާތެރި ހިލޭ ޖެހުން ބަންގްލަދޭޝްގެ ގޯލްކީޕަރު ސަލާމަތްކޮށްފި.

ރާއްޖޭން ނުރައްކާތެރި ހަމަލައެއް އުފައްދައިފި. ދަގަނޑޭ އަށް އަސަދުﷲ ދިން ބޯޅަ އޭނާ، އޭރިއާ ތެރޭ ހުސްކޮށް ހުރި އާއްކޮއަށް ދިނުމުން އޭނާ ޖެހި ބޯޅަ ދިޔައީ ގޯލް މަތިން.

ބަންގްލަދޭޝްގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު ރާއްޖޭގެ އަސަދުﷲ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ސެންޓޭ އަށް ރަނގަޅަށް ފޮނުވާނުލެވުމުން ލިބުނީ އާއްކޮ އަށް. އޭނާ ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ މާ ދުރުން.

އުމެއިރު އުފެއްދި ހަމަލައެއްގައި ސެންޓޭ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ބަންގްލަދޭޝްގެ ޑިފެންޑަރުން ސާފުކޮށްލައިފި.

ބަންގްލަދޭޝްގެ ކުޅުންތެރިޔަކު ދަގަނޑޭ އަށް ފައުލްކުރުމުން، ރައްދުގައި ދަގަނޑޭ އޭނާ ކޮއްޕާލުމުން ދިވެހި ރެފްރީ ފަޒީލް ރީނދޫ ކާޑު ދެއްކީ ދަގަނޑޭ އަށް.

ބަންގްލަދޭޝްގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ވެއްޓި ރާއްޖޭގެ ދާދުގެ ކޮނޑު ހުޅަށް އަނިޔާވެއްޖެ. އޭނާގެ ބަދަލުގައި އަހުމަދު އިމާޒް (އާއްކޮ) އަރަން އަންނަނީ ތައްޔާރުވަމުން.

ބަންގްލަދޭޝް ކުޅުންތެރިން ކުޅެމުން އަންނަނީ ފިޒިކަލް ކުޅުމެއް. އެ ޓީމުގެ ފަރާތުން ގިނަ ފައުލްތަކެއް އަންނަނީ ފެންނަމުން.

ބަންގްލަދޭޝް އިން ނުރައްކާތެރި ބޯޅައެއް ފޮނުވާލައިފި. އެ ޓީމުގެ ސުހެއިލް ރާނާ އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ މި ފަހަރު ވެސް ސަލާމަތްކުރީ ކީޕަރު އިމްރާން.

ބަންގްލަދޭޝްގެ އެމްޑީ އަބްދުﷲ، ރާއްޖޭގެ ޝާފީ ކައިރިން ނައްޓާލުމަށް ފަހު އަރިމަތިން އަރައިގެން ގޮސް ނެގި ހުރަސް އެ ޓީމުގެ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ރާއްޖޭގެ އެންޑީ އަތުލައިފި.

އުމެއިރު ނެގި ހިލޭ ޖެހުން އެންޑީގެ ބޮލުގައި ޖެހިފައި އޭރިއާ ތެރޭ ހުސްކޮށް ހުރި އަޑުބަރޭ ލިބުނު ނަމަވެސް، އޭނާ އަށް އެ ބޯޅަ ގޯލަށް ފޮނުވާލެވޭ ގޮތެއް ނުވި.

މެދުތެރެއިން ދަގަނޑޭ ބޯޅަ ހޯދުމަށް ފަހު ބަންގްލަދޭޝް ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހު ކުރިއަށް އެރި ނަމަވެސް، ހުސްކޮށް ހުރި ސެންޓޭ އަށް ދިން ބޯޅަ އޭނާ އަށް ލިބޭ ގޮތެއް ނުވި.

ރާއްޖޭގެ ޓީމަށް އަދި ރަނގަޅު ހަމަލައެއް ނުއުފެއްދޭ. މެދުތެރޭގެ ކޮންޓްރޯލް އޮތް ނަމަވެސް ރާއްޖެ އަށް ކުރިއަށް ރަނގަޅު ބޯޅަތަކެއް ފޯރުކޮށްނުދެވޭ.

ބަންގްލަދޭޝްގެ ކުޅުންތެރިންނަށް ބޯޅަ ލިބޭ ވަގުތު އެ ޓީމުގެ ސަޕޯޓަރުން އަންނަނީ އަޑުގަދަކުރަމުން.

ބަންގްލަދޭޝް އިން ނުރައްކާތެރި ހަމަލައެއް ފޮނުވާލައިފި. އެ ޓީމުގެ މުހައްމަދު ޝަހުވަތަށް އޭރިއާ ތެރެއިން ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ބާރު ބޯޅަ ކީޕަރު އިމްރާން ވަނީ ސަލާމަތްކޮށްފައި.

މެޗު ފެށި ގޮތަށް ބަންގްލަދޭޝް އިން އުފެއްދި އެޓޭކް ހުއްޓުވުމަށް ރާއްޖޭގެ ޝާފީ ބޯޅަ ކޯނަރަކަށް ބޭރުކޮށްލައިފި.

ރާއްޖޭން މެޗު ފަށައިފި.

މެޗު ބެލުމަށް ގަލޮޅު ދަނޑު ފުރާލާފައިވަނީ ބަންގްލަދޭޝް ސަޕޯޓަރުން. ދަނޑު އެއްކޮށް ފުރިފައިވާއިރު ސިޑިބަރީގެ 90 ޕަސެންޓަކީ ބަންގްލަދޭޝް ސަޕޯޓަރުން. ހޯމް މެޗެއް ނަމަވެސް، ގައުމީ ޓީމަށް ސަޕޯޓަރުންގެ ފަރާތުން މިރޭ ހޯމް އެޑްވާންޓޭޖް ނުނެގޭނެ.

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ ދިވެހިރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.

ރާއްޖޭގެ ފުރަތަމަ 11: އިމްރާން، މުހައްމަދު ރަޝީދު (ހޮކޭ)، ޝާފިއު އަހުމަދު، އަމްދާން އަލީ (އެންޑީ)، އަލީ ފާސިރު (ސެންޓޭ)، އަސްހަދު އަލީ (އަޑުބަރޭ)، އަސަދުﷲ އަބްދުﷲ، މުހައްމަދު އުމެއިރު، އަލީ އަޝްފާގް (ދަގަނޑޭ)، އަހުމަދު އަބްދުﷲ (ލިލީ)، ނާއިޒް ހަސަން (ދާދު).