އެންމެ ހިތްދަމައިގަން ގޮތަށް ވާހަކަދައްކަނީ ނިއު ޒީލެންޑް މީހުން
އެންމެ ހިތްދަމައިގަން ގޮތަށް ވާހަކަދައްކަނީ ނިއު ޒީލެންޑް މީހުން

އެންމެ ހިތްދަމައިގަންނަ ގޮތަށް ނުވަތަ ސެކްސީ އެކްސެންޓެއް ގެންގުޅެނީ ނިއު ޒީލެންޑް މީހުން ކަމަށް އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފި އެވެ.

ނިއު ޒީލޭންޑަށް މި ޝަރަފް ލިބުނީ ޓްރެވަލް ވެބްސައިޓްތަކުން 1.5 މިލިއަން ކިއުންތެރިންގެ މެދުގައި ނެގި ހިޔާލު ހޯދުމުގެ ވޯޓަކުންނެވެ.

ފާއިތުވި މަހެއްހާ ދުވަސްތެރޭގައި ހަތް ވެބްސައިޓެއްގެ ކިޔުންތެރިންގެ މެދުގައި ކުރިއަށް ގެންދިޔަ މިވޯޓްގައި ނިއު ޒިލެންޑާ އެންމެ ވާދަކުރީ ސައުތު އެފްރިކާ، އަޔަލެންޑް، އިޓަލީ އަދި އޮސްޓްރޭލިއާ އެވެ. ގަދަ 10 ގައި ދެން ހިމެނުނީ ސްކޮޓިޝް، ފްރެންޗް، ސްޕެނިޝް، އުތުރު އެމެރިކާ، ބްރެޒިލް އަދި ޕޯޗުގީޒް ބަހެވެ.

މިދިޔަ އަހަރު، ޓައިމްއައުޓް ޑޮޓްކޮމް އިން ނެގި ވޯޓަކުން، އިނގޭސި ވިލާތުގެ އިގިރޭސި ބަހަށް އެއް ވަނަ ލިބުނަސް މިފަހަރު ލިބުނީ 12 ވަނަ އެވެ.

1. ނިއު ޒިލޭންޑް

2. ސައުތު އެފްރިކާ

3. އައިރިޝް

4. އިޓަލިއަން

5. އޮސްޓްރޭލިއަން

6. ސްކޮޓިޝް

7. ފްރެންޗް

8. ސްޕެނިޝް

9. ސައުތު އެމެރިކާ

10. ބްރެޒިލިއަން ޕޯޗުގީޒް

ވާހަކަދެއްކުމުގައި އެންމެ އަވަސް ރާގަކާއި ބަހުރުވައެއް ގެންގުޅޭކަމަށް މަޝްހޫރުވެފައިވާ ނިއު ޔޯކް ހިމެނިފައިވަނީ 44 ވަނައިގަ އެވެ.

ހިންދީ އަކީ އަޑުއަހާލަން ފަސޭހަ ބަހެއްގެ ގޮތުގައި 26 ވަނަ ލިބިފައިވާއިރު ޖެމައިކާގެ މިއުޒިކީ ބަހުރުވަ އަށް 17 ވަނަ ވަނީ ލިބިފަ އެވެ. އެންމެ ފަހަތުގައި އޮތީ ކްރޮއޭޝިއާ އެވެ.