ކްލިކް ކޮލެޖުން 80 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ
ކްލިކް ކޮލެޖުން 80 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

ކްލިކް ކޮލެޖުން 80 އަށް ވުރެ ގިނަ ދަރިވަރުން ރޭ ދަސްވެނިވެއްޖެ އެވެ.

ކްލިކް ކޮލެޖުން 80 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ
ކްލިކް ކޮލެޖުން 80 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، ސެޓްފިކެޓް ލެވެލް އިން ފެށިގެން ބެޗެލާސް ފެންވަރުގެ ކޯސްތަކުން 86 ދަރިވަރަކު ދަސްވެނިވެފައި ވެ އެވެ. އޭގެ އިތުރުން ޑިސްޓިންކްޝަން އެވޯޑާއި އެންމެ ފާހަގަކުރެވޭ ލެކްޗަރާއިންނަށް އެވޯޑު ދިނެވެ.

ކްލިކް ކޮލެޖުން 80 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ
ކްލިކް ކޮލެޖުން 80 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

އެސޯސިއޭޝަން ފޯ ބިޒްނަސް އެގްޒެކެޓިވް (އޭބީއީ ޔޫކޭ) ގެ އެކި ލެވެލްތަކުން ކްލިކް ކޮލެޖުން މިދިޔަ އަހަރު ދެ ދަރިވަރަކު އެއްވަނަ ހޯދާފައި ވެ އެވެ. އެއީ ނައުރާ މޫސާ މަނިކާއި އާއިޝަތު އަޝްނާ އަބްދުއްރަޝީދެވެ.

ކްލިކް ކޮލެޖުން 80 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ
ކްލިކް ކޮލެޖުން 80 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

އޭބީއީ އިމްތިހާނުގައި 100 އަށް ވުރެ ގިނަ ގައުމުން 50،000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެ އެވެ.

ކްލިކް ކޮލެޖުން 80 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ
ކްލިކް ކޮލެޖުން 80 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

ރޭގެ ރަސްމިއްޔާތުގައި ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ، ދަސްވެނިވުމުގެ ހަފުލާ އަކީ ކޮންމެ ދަރިވަރަކު ވެސް ވަރަށް ފަޚުރުވެރިވާނެ ވަގުތެއް ކަމަށެވެ. އެއީ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންގެ އެތައް ގުރުބާނީ އަކާއި ބުރަ މަސައްކަތް އަންގައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ދަސްވެނިވުމަކީ އަދި ފެށުމެކެވެ. ދިރިއުޅުމުގެ ކޮންމެ ދުވަހަކު ވެސް އާ ކަންތައްތަކެއް ދަސްވެ ޒިންމާތައް ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ.

"ކާމިޔާބީގެ ދަތުރަކީ އަބަދު ފަސޭހަވާނެ ދަތުރެއް ނޫން. ދަތުރުގައި ގޮންޖެހުންތަކާ ދިމާވާނެ. އެކަމަކު ދަސްވި ކަންތައްތައް ބޭނުން ކުރަން އެނގުމަކީ ކާމިޔާބީގެ އަސްލު،" ޝިދާތާ ވިދާޅުވި އެވެ.

ހަޔާތުގައި އެންމެ ފާހަގަކޮށްލެވޭ ދުވަސްތަކަކީ، މަތީ ތައުލީމު ހާސިލް ކުރުމަށް ކޮލެޖުގައި އުޅުއްވި ދުވަސްތައް ކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ އާ ކަންކަން ދަސްކުރުމަށް ރިސްކު ނަގައި، ބޭނުންވާ ކަންތައްތައް ހާސިލް ކުރަން މަސައްކަތް ކުރަން ގޮވާލައްވައިފަ އެވެ.

ކްލިކް ކޮލެޖުގެ ރައީސް ޑރ. ނައުޝާދު މުހައްމަދު ވިދާޅުވީ، ޑިގްރީއެއް ހާސިލް ކުރުމުން ނިމުނީ ނޫން ކަމަށާއި މަސައްކަތުގެ މައިދާނަށް ނުކުމެ ކަންކަމަށް ވަކާލާތުކޮށް، މޮޅުވާން ޖެހޭ ކަމަށެވެ. އަދި ކިޔެވި އެއްޗެއްގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް އޭނާ އެދިވަޑައިގަތެވެ.

ނައުޝާދު ވިދާޅުވި ގޮތުގައި، މެލޭޝިއާގެ ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ކްލިކް ކޮލެޖުގައި ވަރަށް އަވަހަށް ފަށާނެ އެވެ. އެ ޕްރޮގްރާމްތަކުގައި ބައިވެރިވެރިވުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު މަހު ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.

ކްލިކް ކޮލެޖުގައި ހިންގާ ހެރިއޮޓްވަޓް ޔުނިވާސިޓީގެ އިމްތިޚާނުން 93 ޕަސެންޓު ދަރިވަރުން ފާސްވިކަން ނައުޝާދު ފާހަގަކުރެއްވި އެވެ.