29 އެޕްރީލް 2019 - 20:38

ހައުސިން ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ހެދި ކުރި "ރަށު މާރުކޭޓު"ގެ ގޮޅިތައް ކުއްޔަށްދީފި އެވެ.
އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ވަނީ 42 މީހަކަށް ހުޅުމާލެ ރަށު މާރުކޭޓުން ގޮޅިތައް ދޫކުރި ކަމަށެވެ. ގޮޅިތައް ދޫކޮށްފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ޑްރައި ސްޓޯލާއި ވެޓް ސްޓޯލްތައް ވަނީ ކަނޑައަޅާފަ އެވެ. ޑްރައި ސްޓޯލުތަކަކީ ކާބޯތަކެތި ވިއްކުމަށް ހަމަޖައްސާފައިވާ ގޮޅިތަކެވެ. އަދި ވެޓް ސްޓޯލުތަކަކީ ރޯމަސް ވިއްކުމަށް ހަމަޖެހިފައިވާ ގޮޅިތަކެވެ.
ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ތަރައްގީކޮށްފައިވާ މި މާރުކޭޓުން ކާބޯތަކެތި ވިއްކުމަށް 37 ގޮޅިއެއްގެ އިތުރުން ރޯމަސް ވިއްކުމަށް 20 ގޮޅިއެއް ދޫކުރުމަށް އިއުލާނު ކޮށްފައިވެ އެވެ.
މި މާރުކޭޓުގެ ގޮޅިތަކުގައި 69 އަކަފޫޓު ހުންނާނެ ކަަމަށް އެޗްޑީސީން ބުނެ އެވެ. މި ގޮޅިތައް ދޫކުރުމަށްޓަކައި ބިޑް ސެކިއުރިޓީގެ ގޮތުގައި 10،500ރ. ދައްކަންޖެހޭ އިރު މަހު ކުލީގެ ގޮތުގައި 3500ރ. ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.