28 އެޕްރީލް 2019 - 17:16

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ބާލަން އުޅުމުގެ ތެރޭގައި ބޯޓެއްގެ ކެރޭނުން ބައެއް ވެއްޓި ގެއްލުންތަކެއް ވެއްޖެ އެވެ.
ފުލުސް އޮފީހުން ބުނި ގޮތުގައި މިއަދު މެންދުރު ފަހު ދޭއް ޖަހާކަންހާއިރު ކެރޭނުގެ ބައެއް ވެއްޓި ޖެހުނީ ޖެޓީ މައްޗަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އެކަމަކު އެތަނުގައި ހުރި މުދާ ކޮންޓޭނަރުތަކަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މާލޭ ކޮމާޝަލް ހާބަރުގައި މަސައްކަތް ކުރަން ގެންގުޅުނު ފޯކްލިފްޓެއް ދަށުވެ، މަޖޫރީއެއްގެ ފައި މިދިޔަ އަހަރު ވަނީ ބުރިކޮށްލަން ޖެހިފަ އެވެ. އަދި އެ ބަަނދަރުގައި އޮތް ބޯޓަކަށް ކޮންޓެއިނަރެއް އަރުވަނިކޮށް ޖެހި، 2017 ވަނަ އަހަރު ވެސް މީހެއްގެ ފައި ބުރިކޮށްލަން ޖެހުނެވެ.