އުރީދޫގެ އެމްޑީއަކަށް ނަޖީބު ޚާން
އުރީދޫގެ އެމްޑީއަކަށް ނަޖީބު ޚާން

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިހާރު އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި ނަޖީބް ޚާން އައްޔަންކޮށްފި އެވެ.

މި މަގާމަށް ނަޖީބް ޚާން އައްޔަންކުރީ، ކުންފުނީގެ ޗެއާމަނާއި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޚާލިދް އިބްރާހީމް އަލް މަހްމޫދު މަގާމުން ރިޓަޔާކުރައްވައި އިސްތިއުފާ ދެއްވުމުންނެވެ.

ޚާލިދް އިބްރާހީމް އަލް މަހްމޫދު ވަނީ 2012 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އުރީދޫ މޯލްޑިވްސްގެ ޗެއާމަންގެ މަގާމު ފުރުއްވައިފަ އެވެ.

ޚާލިދް އިބްރާހީމް އަލް މަހްމޫދު މަގާމުގައި ހުންނަވައި އުރީދޫއަށް ވަރަށް ގިނަ ކުރިއެރުމާއި ކާމިޔާބީތައް ހޯއްދަވައިދެއްވި އެވެ.