އަލްމުދިޝް ހިކިކިރު ޕެކެޓުގެ އަގު ހެޔޮކޮށްފި
އަލްމުދިޝް ހިކިކިރު ޕެކެޓުގެ އަގު ހެޔޮކޮށްފި

ވީބީން ރާއްޖެ އެތެރެކޮށް ވިއްކާ އަލްމުދިޝް ހިކިކިރު ޕެކެޓުގެ އަގު ހެޔޮކޮށްފި އެވެ.

ވީބީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ފިހާރައިން އަގު ހެޔޮކޮށްފައި ވަނީ 800، 1،800 އަދި 2،250 ގްރާމުގެ ކިރު ޕެކެޓުތަކެވެ.

ކުރިން 930ރ. އަށް ވިއްކި 800 ގްރާމުގެ ކިރު ޕެކެޓު ކޭހެއް މިހާރު ވިއްކަނީ 890ރ. އަށެވެ. މި ސައިޒުގެ ޕެކެޓު ކޭހެއްގައި 12 ޕެކެޓު ހިމެނޭ އިރު ވަކިން ޕެކެޓެއް ވިއްކަނީ 74ރ. އަށެވެ.

އަދި ކުރިން 1،045ރ. އަށް ވިއްކި 1،800 ގްރާމުގެ ހަ ޕެކެޓު ހިމެނޭ ކޭހެއް މިހާރު 1،005ރ. އަށް ވިއްކާ އިރު ކުރިން 1،305ރ. އަށް ވިއްކި 2،250 ގްރާމުގެ ހަ ޕެކެޓުގެ ކޭހެއް ވިއްކަނީ 1،265ރ. އަށެވެ.

އަލްމުދިޝް ހިކިކިރުގެ 1،800 ގްރާމުގެ ޕެކެޓު ވަކިން މިހާރު ވިއްކަނީ 168ރ. އަށެވެ. އަދި 2،250 ގްރާމުގެ ޕެކެޓެއް ވަކިން ވިއްކަނީ 211ރ. އަށެވެ.

"އަލްމުދިޝް ކިިރު ޕެކެޓުގެ ކޮންމެ ކޭހެއްގެ ކުރީގެ އަގުން މިހާރު މި ވަނީ 40ރ. ހެޔޮ ކޮށްފައި،" ބަޔާނުގައި ބުނެފައިވެ އެވެ.

ވީބީން ވަނީ އަލްމުދިޝް ހިކިކިރު ޕެކެޓުގެ އިތުރުން ތާޒާ ކިރު ޕެކެޓު ވެސް ބާޒާރަށް ނެރެފަ އެވެ. އަދި ހަމަ އެ ބްރޭންޑުގެ ޓޮމާޓޯ ޕޭސްޓާއި ޕޮޓޭޓޯ ޗިޕްސް ފަދަ އެކި ބާވަތްތައް ވީބީގެ ފިހާރަތަކުން ހޯލްސޭލްކޮށް ލިބެން ހުންނާނެ ކަމަށް ބަޔާނުގައި ވެ އެވެ.