ޗިމްޕެންޒީ ވެސް ފޯނަށް ފަރިތަ
ޗިމްޕެންޒީ ވެސް ފޯނަށް ފަރިތަ

އިންސާނުން ކުރާ ކަންކަން ކޮޕީކުރުމަކީ ބައެއް ޖަނަވާރުން ވަރަށް ފަސޭހަ ކަމެކެވެ. ސޯޝަލް މީޑިއާގައި މިހާރު ވައިރަލްވެފައިވާ އިންސްޓަގްރާމް ވީޑިއޯއަކުން ވެސް ފެންނަނީ މިކަހަލަ ވަރަށް އާދަޔާހިލާފު އަދި ޝައުގުވެރި މަންޒަރެކެވެ.

ޗިމްޕެންޒީއެއް ވަރަށް ހަމަޖެހިލައިގެން އިނދެ ސްމާޓްފޯނަކާ ކުޅެނީ އެވެ. ފުރަތަމަ އޭތި ބަލާލަނީ އިންސްޓަގްރާމުން ވީޑިއޯއެކެވެ. އެ ވީޑިއޯގައި ފެންނަނީ ޗިމްޕެންޒިއަކާ އެކީ މީހަކު ކުޅޭ ތަނެވެ.

އެ ވީޑިއޯ ބަލައި ނިންމާފައި ސްކްރޯލް ކުރަމުން ބަލަން ބޭނުންވާ އެއްޗެއް ބަލަން ސްވައިޕް ކުރަމުން ޗިމްޕެންޒީ އިންސާނަކާ ވައްތަރު ގޮތަކަށް މަސައްކަތް ކުރާ ތަން ފެނެ އެވެ. މި ވީޑިއޯއަކީ ޖަނަވާރުންގެ ހިމާޔަތުގައި މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ މައިކް ހޯލްސްޓަން އިންސްޓްގަރާމަށް ލާފައިވާ ވީޑިއޯއެކެވެ.

އެއަަށް އެތައް ބައެއްގެ ސަމާލުކަން ލިބި، އެ ވީޑިއޯގެ އޮރިޖިނަލް ބެލި މީހުންގެ އަދަދު ވަނީ ހަތް މިލިއަނަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި އެކި މީހުން އެކި ކަހަލަ ކޮމެންޓް ވެސް ވީޑިއޯއަށްކޮށްފައިވާ އިރު އެތައް ހާސް ބަޔަކު ވީޑިއޯ ޝެއާ ވެސްކޮށްފައިވެ އެވެ.