ސްރީ ލަންކާގެ ދިދައަކުން ބުރްޖް ޚަލީފާ ދިއްލާލައިފި
ސްރީ ލަންކާގެ ދިދައަކުން ބުރްޖް ޚަލީފާ ދިއްލާލައިފި

ދުބާއީ (އެޕްރީލް 26) - މިދިޔަ އާދިއްތަ ދުވަހު ސްރީ ލަންކާގައި ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންނާ އެކުގައިވާކަން ދެއްކުމަށްޓަކައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް އިމާރާތް، ދުބާއީގެ ބުރްޖް ޚަލީފާ ސްރީ ލަންކާގެ ގައުމީ ދިދައަކުން ރޭ ދިއްލާލައިފި އެވެ.

ސްރީ ލަންކާގެ ދިދައަކުން ބުރްޖް ޚަލީފާ ދިއްލާލައިފި
ސްރީ ލަންކާގެ ދިދައަކުން ބުރްޖް ޚަލީފާ ދިއްލާލައިފި

ދުނިޔޭގެ އެންމެ އުސް އިމާރާތް ސްރީ ލަންކާގެ ދިދައަކުން ޒީނަތްތެރިކޮށްލި އިރު އަބޫ ދާބީގެ މަޝްހޫރު އެހެން ބައެއް ބިނާތައް ވެސް ވަނީ ލަންކާގެ ރައްޔިތުންނާ އެކުގައިވާކަން ދެއްކުމުގެ ގޮތުން އެ ގައުމުގެ ދިދައިގެ ކުލަތަކުން ދިއްލާލައިފަ އެވެ. އޭގެ ތެރޭގައި އެމިރޭޓްސް ޕެލަސް، ޝެއިޚް ޒައިދު ބްރިޖް، އަބޫ ދާބީގެ ގައުމީ ތެޔޮ ކުންފުނި އަދި ކެޕިޓަލް ގޭޓް ހިމެނެ އެވެ.

ސްރީ ލަންކާގެ ދިދައަކުން ބުރްޖް ޚަލީފާ ދިއްލާލައިފި
ސްރީ ލަންކާގެ ދިދައަކުން ބުރްޖް ޚަލީފާ ދިއްލާލައިފި

ސްރީ ލަންކާގައި އީސްޓާ ސަންޑޭގައި ދިން ބޮމުގެ ހަމަލާތަކުގައި ވަނީ 253 މީހުން މަރުވެފަ އެވެ.

ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަށް ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު މުސްލިމުންނާ މެދު ބެހެއްޓެވި އޯގާތެރި ކަމަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ބޮޑު ވަޒީރު ޖަސިންޑާ އާޑާންގެ ފޮޓޯއަކުން ބުރްޖް ޚަލީފާ މިދިޔަ މާޗް މަހު ވެސް ވަނީ ދިއްލާލައިފަ އެވެ. ބުރްޖް ޚަލީފާ އެ ފަހަރު ދިއްލާލާފައި ވަނީ ބުރުގާ އަޅުއްވައިގެން ހުންނެވި އާޑާން މުސްލިމެއްގެ ގައިގައި ބައްދާލައްވާ މަންޒަރަކުންނެވެ. އެކަމަނާގެ ފޮޓޯގެ މަތީގައި ވަނީ "ސަލާމް" އެވެ.