ލަންކާ އެއާޕޯޓް އަލުން ހުޅުވައިިފި، ފްލައިޓްތައް ޑިލޭ ވާނެ
ލަންކާ އެއާޕޯޓް އަލުން ހުޅުވައިިފި، ފްލައިޓްތައް ޑިލޭ ވާނެ

އާދީއްތަ ދުވަހު ސްރީ ލަންކާގައި ދިން ނުރައްކާތެރި ހަމަލާތަކާ ގުޅުން ހުރި ކަމަށް ބެލެވޭ ވެހިކަލެއް ބަންޑާރަޔަކަ އިންޓަނޭޝަަނަލް އެއާޕޯޓާ ކައިރި މަގަކުން ފެނިގެން ހިންގި ހާއްސަ އޮޕަރޭޝަނަކާ ގުޅިގެން އެއާޕޯޓްގެ ހިދުމަތްތަކަށް ބުރޫ އަރައި ފްލައިޓްތައް ޑިލޭ ވާނެ ކަމަށް ބުނެފި އެވެ.

ލަންކާ އެއާޕޯޓް އަލުން ހުޅުވައިިފި، ފްލައިޓްތައް ޑިލޭ ވާނެ
ލަންކާ އެއާޕޯޓް އަލުން ހުޅުވައިިފި، ފްލައިޓްތައް ޑިލޭ ވާނެ

"ލަންކާގެ ނިއުސް ފަސްޓް" އިން ބުނީ އެއާޕޯޓްގެ ހިދުމަތްތައް ވަގުތީ ގޮތުން ހުއްޓާލީ އެއާޕޯޓާ އިންވެގެން އޮންނަ މަގަކުން ފެނުނު ޝައްކުކުރެވޭ ވެހިކަލެއް ފާސްކޮށް، އެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ހިންގަން ކަމަށާއި އެ އޮޕަރޭޝަނަށް ފަހު މަގު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެއާޕޯޓްގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލުމުން ދަތިތަކާ ދިމާވި ނަމަވެސް އެއާޕޯޓަށް އަންނަ ފްލައިޓްތައް ޖައްސާނެ ކަމަށާއި އެކަމަކު ފުރަން ހަމަޖެހިފައިވާ ފްލައިޓްތައް ވަރަށް ބޮޑަށް ޑިލޭވެގެން ހިނގައިދާނެ ކަމަށް އެއާޕޯޓުން ވަނީ ބުނެފަ އެވެ.

ލަންކާގައި މިއަދުވެސް ވަނީ އެއްޗެއް ގޮވައި، ފުލުހުން ހާއްސަ އޮޕަރޭޝަންތައް ހިންގައިފަ އެވެ. ޕުގޯޑާގައި އޮންނަ ހުސް ބިމެއްގެ ތެރޭގައި ބަގައްޓާފައި ހުރި ކުނިތަކެއްގެ ތެރެއިން އެއްޗެއް ގޮވި ކަމަށާއި އެކަމަކު މީހަކަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ގައުމުގެ އެކި ހިސާބުތަކުގައި ހާއްސަ އޮޕަރޭޝަންތައް މިއަދު އަންނަނީ ހިންގަމުންނެވެ. އެއާޕޯޓް ބަންދުކުރުމަށް ފަހު އަލުން ހުޅުވީ ފާސްކުރި ވެހިކަލުން އަދި އެ ސަރަހައްދުން ނުރައްކާތެރިކަމެއް ފާހަގަ ނުވުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ކުއްލި ގޮތަކަށް މަގުތައް ބަންދުކޮށްގެން ހާއްސަ އޮޕަރޭޝަންތައް ހިންގަމުންދާނެ ކަމަށާއި އާންމުން ބިރު ނުގަތުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

"ކޮލަމްބޯ ތެރޭގައި ވެސް މި އަންނަނީ މަގުތައް ބަންދުކޮށް، ޝައްކުކުރެވޭ ވެހިކަލްތައް ބަލައި ފާސްކުރަމުން،" ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

އާދީއްތަ ދުވަހު ލަންކާގެ ކްރިސްޓިއަން ބައެއް ފައްޅިތަކާއި ހޮޓާތަކަށް، ބަޔަކު އަމިއްލަ އަށް މަރުވެގެން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 359 އަށް އަރައިފަ އެވެ. އަދި އެތައް ސަތޭކަ ބަޔަކު ޒަހަމްވެފައިވެ އެވެ. މި ހަމަލާތަކުގެ ޒިންމާ އައިއެސް އިން އުފުލައި، މިކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ލަންކާގެ ނެޝަނަލް ތައުހީދު ކިޔާ ޖަމާއަތެއްގެ މެންބަރުންގެ ފޮޓޯތައް ވަނީ އާންމުކޮށްފަ އެވެ.

ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ބެލެވޭ އެތައް ބަޔަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. މުޅި ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ބައެއް ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅުން ވެސް މަނާކުރެ އެވެ.