ރާއްޖެ އެތެރެކުރި ކިލޯއެއްހާ މަސްތުވާތަކެތި އަތުލައިގެންފި
ރާއްޖެ އެތެރެކުރި ކިލޯއެއްހާ މަސްތުވާތަކެތި އަތުލައިގެންފި

ބަންގްލަދޭޝް އިން ރާއްޖެއައި މީހެއްގެ އަތުން 944 ގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި މިދިޔަ ހުކުރު ދުވަހު ސްރީލަންކަން އެއާލައިންސް އިން ރާއްޖެ އައި އެ ފިރިހެންމީހާގެ އަތުން މަސްތުވާތަކެތި ފެނުނީ އޭނާގެ ފޮށިތަންމަތީގައި ރައްކާކޮށްފައި ހުއްޓަ އެވެ. އޭނާ އަތުން ފެނުނު ތަކެތި ވަނީ ކެނަބިސްއަށް ޕޮޒިޓިވް ވެފައި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ އެ މީހާގެ އަތުގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވުނީ އޭނާގެ އަމަލުތައް ހުރިގޮތުން ކަމަށެވެ. އޭނާގެ އަތުން އަތުލައިގެން މަސްތުވާތަކެއްޗާއި އެ މީހާ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.