ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ ފިލްމެއް ރަންދީޕް ހޫޑާ އަށް
ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ ފިލްމެއް ރަންދީޕް ހޫޑާ އަށް

އެކްޓަރު ރަންދީޕް ހޫޑާއަކީ ބޮލީވުޑްގައި އެހާ މަޝްހޫރު އެކްޓަރެއް ނޫން ނަމަވެސް އޭނާ ފާހަގަކުރެވެނީ ކުޅަދާނަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ފިލްމުތަކުން ފުރުސަތު ލިބޭ އެކްޓަރެއްގެ ގޮތުގަ އެވެ.

ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ ފިލްމެއް ރަންދީޕް ހޫޑާ އަށް
ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ ފިލްމެއް ރަންދީޕް ހޫޑާ އަށް

އިމްތިއާޒް އަލީގެ "ހައިވޭ" ގައި ބަތަލުގެ ރޯލް ކުޅުނު ރަންދީޕް އޭނާގެ ދެ ވަނަ ފިލްމެއްގައި ވެސް މިހާރު މަސައްކަތް ކުރަމުން އަންނަ އިރު، ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ ފިލްމެއްގެ ލީޑް ރޯލް ވަނީ ރަންދީޕަށް ލިބިފަ އެވެ.

މި ފިލްމަކީ "މުބާރަކަން" އާއި "ފިރަންގީ" އަދި މި އަހަރުގެ ދިވާލީގައި ރިލީޒްކުރާ "ސާންޑް ކީ އާންކް" ގެ ސްކްރީންރައިޓަރު ބަލްވިންދަރު ސިންގް ޖަނޫޖާ ޑައިރެކްޝަނަށް ނުކުންނަ ފިލްމެވެ. ބަންސާލީ ޕްރޮޑިއުސްކުރާ މި މިސްޓްރީ ތުރިލާގެ ނަން އިއުލާން ނުކުރި ނަމަވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ އެ ފިލްމު މިހާރު އޮތީ ޕްރި-ޑަކްޝަން މަރުހަލާގައި ކަމަށެވެ.

މުމްބާއީ މިރާ އިން ބުނީ "ޖިސްމް 2" އާއި "މާޑާ 3" އަދި "ސަރަބްޖީތު" ފަދަ ފިލްމުތައް ކުޅުނު ރަންދީޕް ފިލްމުގައި ފެނިގެން ދާނީ ފުލުހެއްގެ ރޯލުން ކަމަށެވެ.

އަދި މި ފިލްމުގެ ބަތަލާގެ ރޯލް ވަނީ ސައުތު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ޒުވާން ބަތަލާ ރަޝްމިކާ މަންދަނާ އަށް ހުށަހަޅައިފަ އެވެ. ރަންދީޕާ އެކު އޭނާ ކުޅާ ފިލްމުވެގެން ދާނީ ބޮލީވުޑް ނުކުންނަ ފިލްމަށެވެ.

ރަންދީޕް މިހާރު ކުޅެމުން އަންނަ އިމްތިއާޒްގެ "އާޖް ކަލް" އަކީ އަންނަ އަހަރުގެ ފެބްރުއަރީ 14 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމެވެ. އެ ފިލްމުގެ ލީޑް ތަރިންނަކީ ކާތިކް އާރިޔަން އާއި ސާރާ އަލީ ހާނެވެ.

ރަންދީޕްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯއީ ރުޒޯ ޕްރޮޑިއުސް ކުރާ ފިލްމު "ޑާކާ" ހިމެނެ އެވެ. ކްރިސް ހެމްސްވޯތު ބަތަލުގެ ރޯލް ކުޅޭ އެ ފިލްމު ރިލީޒް ކުރާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.