24 އެޕްރީލް 2019 - 20:12

ރާއްޖޭގައި މަގްބޫލުކަން ހޯދާފައިވާ ޕަބްޖީ ގޭމް ކުޅުންތެރިންނަށް ހާއްސަކޮށް އުރީދޫ މޯލްޑިވްސް އިން ޑޭޓާ ޕެކްތަކެއް ތައާރަފްކޮށްފި އެވެ.
އުރީދޫން ބުނީ މި ޕެކްތަކުގެ ތެރެއިން 250ރ. ހޭދަކޮށްގެން ޕަބްޖީ އަންލިމިޓެޑް ޕެކެއް ލިބޭނެ ކަމަށެވެ.
އެ ކުންފުނީގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ، ޕަބްޖީ ކުޅުމުގައި އާއިލާ އާއި ރައްޓެހިންނާ އެކު ގިނަ ވަގުތު ހޭދަކުރާ އިރު އުރީދޫ 4ޖީ+ ނެޓްވޯކް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑޭޓާ ބޭނުންކުރާ ގޮތް ދެނެގަނެ ކޮންޓްރޯލު ކުރެވޭނެ ކަމަށެވެ.
ޕަބްޖީ50: 1 ޖީބީ 50ރ. އަށް ހަތް ދުވަހަށް ލިބޭނެ
ޕަބްޖީ100: 1ޖީބީ 100ރ. އަށް 30 ދުވަހަށް ލިބޭނެ
ޕަބްޖީ އަންލިމިޑެޓް: އަންލިމިޑެޓް ޑޭޓާ 30 ދުވަހަށް ލިބޭނެ
ޕަބްޖީ ޕްލޭންތައް އުރީދޫ އެޕް މެދުވެރިކޮށް، ނުވަތަ 5555 އަށް ޕެކޭޖުގެ ކީވޯޑު އެސްއެމްއެސް ކުރުމުން ލިބޭނެ އެވެ.
އުރީދޫގެ ޕަބްޖީ ޕެކްތަކާ ބެހޭގޮތުން އިތުރު މައުލޫމާތު ooredoo.mv ވެބްސައިޓުން ވެސް ލިބޭނެ އެވެ.