މާލޭ ޒޯނުގެ ޗެމްޕިއަންކަން ކަނޑޫމާ ހޯދައިފި
މާލޭ ޒޯނުގެ ޗެމްޕިއަންކަން ކަނޑޫމާ ހޯދައިފި

ރިސޯޓު ލީގުގެ ސައުތު މާލޭ ޒޯނުގެ ޗެމްޕިއަންކަން ހޮލިޑޭ އިން ރިސޯޓް ކަނޑޫމާއިން ހޯދައިފި އެވެ.

މާލޭ ޒޯނުގެ ޗެމްޕިއަންކަން ކަނޑޫމާ ހޯދައިފި
މާލޭ ޒޯނުގެ ޗެމްޕިއަންކަން ކަނޑޫމާ ހޯދައިފި

ފިހާޅޮހި ރިސޯޓުގައި ބޭއްވި މި މުބާރާތް ކަނޑޫމާއިން ކާމިޔާބު ކުރީ ކޯމޯ ކޮކޯ އައިލެންޑް ރިސޯޓާ ވާދަކޮށް 4-3 ލަނޑުންނެވެ. މިއީ މި ޒޯނުގެ ޗެމްޕިއަންކަން ކަނޑޫމާއިން ހޯދި ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ވެސް ރިސޯޓުން ތަށި އުފުލާލީ ކޮކޯ އައިލެންޑާ ވާދަކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ކަނޑޫމާއިން ވަނީ ދެ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އަދި ދެވަނަ ހާފުގައި ވެސް އެންމެ ފުރަތަމަ ލަނޑު ޖެހީ އެ ޓީމުންނެވެ. އެކަމަކު ފަހު ހާފުގައި ކައިރި ކައިރީގައި ދެ ގޯލު ޖަހައި ކޮކޯ އައިލެންޑުން ވަނީ އުއްމީދު އާކޮށްފަ އެވެ.

މެޗު ނިމެން އުޅެނިކޮށް ދެ ޓީމުން ވެސް އިތުރު ލަނޑެއް ޖެހި ނަމަވެސް ނަތީޖާ ބަދަލު ކުރެވޭ ގޮތެއް ނުވި އެެވެ.

ފޯރިގަދަ މި މެޗުގައި ކަނޑޫމާއަށް ލަނޑު ޖަހައިދިނީ މުހައްމަދު އަމީން އިބްރާހިމާއި ހުސެން އަމްޒަތާއި ހަސަން އިނާދު އަލީ އެވެ. ކޮކޯ އައިލެންޑަށް ލަނޑު ޖަހައިދިނީ މުހައްމަދު ރިޝްފާނާއި އުމެއިޝް އަބްދުލް ގައްޔޫމެވެ.

މިއަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލް ޖަހާފައިވަނީ ކަނޑޫމާގެ އަމްޒަތެވެ. އޭނާ ވަނީ ހަތް ގޯލު ޖަހާފަ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާ އެވެ.

ރިސޯޓް ލީގުގައި 39 ރިސޯޓެއް ވާދަކުރާއިރު، ސައުތު މާލޭ ޒޯނުގައި ދިހަ ރިސޯޓެއް ވާދަކުރި އެވެ.