ހަމަލާދިން މީހުންގެ ތެރޭގައި އަންހެނެއް، އެންމެން ވެސް ތިބީ ކިޔަވައިގެން: މިނިސްޓަރު
ހަމަލާދިން މީހުންގެ ތެރޭގައި އަންހެނެއް، އެންމެން ވެސް ތިބީ ކިޔަވައިގެން: މިނިސްޓަރު

ކޮލަމްބޯ (އެޕްރީލް 24) - މިދިޔަ އާދިއްތަ ދުވަހު ސްރީ ލަންކާގައި ޖާނުންފިދާވެގެން ބޮން ގޮއްވި މީހުންގެ ތެރޭގައި އަންހެނަކު ހިމެނޭ ކަމަށް ސްޓޭޓް މިނިސްޓަ އޮފް ޑިފެންސް ރުވާން ވިޖެވަރްދަނާ ވިދާޅުވެއްޖެ އެވެ.

ހަމަލާދިން މީހުންގެ ތެރޭގައި އަންހެނެއް، އެންމެން ވެސް ތިބީ ކިޔަވައިގެން: މިނިސްޓަރު
ހަމަލާދިން މީހުންގެ ތެރޭގައި އަންހެނެއް، އެންމެން ވެސް ތިބީ ކިޔަވައިގެން: މިނިސްޓަރު

ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިޖެވަރްދަނާ ވިދާޅުވީ ސަލާމަތީ ފަރާތްތަކުން ގަބޫލް ކުރާ ގޮތުގައި ބޮމުގެ ހަމަލާ ދިން އެންމެންނަކީ ވެސް މަތީ ތައުލީމް ހާސިލްކޮށްފައިވާ މީހުން ކަމަށެވެ. އޭގެ ތެރޭން އެކަކު ވަނީ އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އިން ތައުލީމް ހާސިލްކޮށްފައި ކަމަށް ވެސް ވިޖެވަރްދަނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖާނުންފިދާވުމުގެ ހަމަލާ ދިނުމުގައި ނުވަ މީހުން ބައިވެރިވި ކަމަށެވެ. މީގެ ތެރޭން އަށް މީހުން މިހާރު ދެނެގަނެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ޓެރަރިސްޓުން ބޭނުންކުރި ކަމަށް ބެލެވޭ ދެ ތަނެއް ހޯދިފައިވާ ކަމަށާ އަދި ބޮމުގެ ހަމަލާތަކާ ގުޅިގެން މިހާތަނަށް 60 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ލަންކާ ފުލުހުން ބުނެފައި ވަނީ ސިނަމަން ގްރޭންޑް އާއި ޝަންގްރިއްލާގައި ހަމަލާދީފައި ވަނީ ދެބެއިން ކަމަށެވެ. ބޮމުގެ ހަމަލާ ދިނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ. އަދި ހަމަލާ ދިން މީހުންގެ ފޮޓޯ އާއި ވީޑިއޯ ވަނީ އާއްމުކޮށްފަ އެވެ.

ލަންކާ ސަރުކާރުން ބުނެފައި ވަނީ ހަމަލާގެ ފަހަތުގައި ވަނީ އެ ގައުމުގައި އެހާ މަޝްހޫރު ނޫން ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) ކަމަށެވެ.