ޕިރަމިޑް ޕްރޮމޯޝަންތަކުގެ އެމްބެސެޑަރަކަށް އައްޒަ ހަމަޖައްސައިފި
ޕިރަމިޑް ޕްރޮމޯޝަންތަކުގެ އެމްބެސެޑަރަކަށް އައްޒަ ހަމަޖައްސައިފި

ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ތަފާތު ކާބޯތަކެތި އެތެރެކޮށް ވިއްކަމުން އަންނަ ޕިރަމިޑްގެ ޕްރޮމޯޝަންތަކުގެ އެމްބެސެޑަރަކަށް ފިލްމީ ތަރި މަރިޔަމް އައްޒަ މިއަދު ހަމަޖައްސައިފި އެވެ.

ޕިރަމިޑް ޕްރޮމޯޝަންތަކުގެ އެމްބެސެޑަރަކަށް އައްޒަ ހަމަޖައްސައިފި
ޕިރަމިޑް ޕްރޮމޯޝަންތަކުގެ އެމްބެސެޑަރަކަށް އައްޒަ ހަމަޖައްސައިފި

ސަލްސާ ރޯޔަލް ރެސްޓޯރެންޓުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެމްބެސެޑަޝިޕްގެ އެއްބަސްވުމުގައި އައްޒަ އާއި ޕިރަމިޑް ފިހާރަ ހިންގަމުން އަންނަ އޭރީސް އެންޓިޕްރައިޒަސްގެ މާކެޓިން މެނޭޖަރު މުހައްމަދު ސޮބާހު ވަނީ ސޮއިކުރައްވައިފަ އެވެ.

ޕިރަމިޑް ޕްރޮމޯޝަންތަކުގެ އެމްބެސެޑަރަކަށް އައްޒަ ހަމަޖައްސައިފި
ޕިރަމިޑް ޕްރޮމޯޝަންތަކުގެ އެމްބެސެޑަރަކަށް އައްޒަ ހަމަޖައްސައިފި

ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ޕިރަމިޑުން ހިންގާ އެކި ޕްރޮމޯޝަންތަކާއި ކެމްޕޭނުތައް ހިންގުމުގައި އައްޒަ ބައިވެރިވާނެ އެވެ. އެގޮތުން އައްޒައާ އެކު އާ ޕްރޮމޯޝަނެއް ވެސް މިއަދު ޕިރަމިޑުން ފެށި އެވެ.

ޕިރަމިޑުން ވަނީ ރިޓްޒްބަރީ ކުކިން ޗޮކްލެޓަކާއެކު މަންޗީ މާރީ ބިސްކޯދު ޕެކެޓެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފަ އެވެ. އެ ޕްރޮމޯޝަންގެ ތެރޭގައި މާލޭގެ ބޮޑެތި ސުޕަމާޓުތަކުން އެ ބިސްކޯދު ރަހަ ބެލުމުގެ ހަރަކާތްތަކެއް ހިންގާނެ ކަމަށް ސޮބާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕިރަމިޑުގެ އުފެއްދުންތައް ޕްރޮމޯޓުކުރާ އެމްބެސެޑަރަކަށް އައްޒަ ހަމަޖެއްސީ އޭނާއަށް ސަޕޯޓުކުރާ ގިނަ ބަޔަކު ތިބުމުން ކަމަށާއި އަދި އައްޒަގެ ސަބަބުން އެ ކުންފުނީގެ ޕްރޮޑަކްޓުތައް ގިނަ ބަޔަކާ ހަމައަށް ފޯރުމަކީ ބޮޑު އަމާޒެއް ކަމަށެވެ.

ޕިރަމިޑުން ރާއްޖެ އެތެރެކުރާ އުފެއްދުންތައް ޕްރޮމޯޓުކުރާ އެމްބެސެޑަރަކަށް ހަމަޖެއްސުމުން އުފާ ކުރާކަމަށާއި އަދި ސަޕޯޓަރުންނާ ހަމައަށް އެ އެއްޗެހިތައް ސޯޝަލް މީޑިއާ އަދި އެހެނިހެން ގޮތްތަކުން އަންގައިދޭން މަސައްކަތް ކުރާނެ ކަމަށް އައްޒަ ބުންޏެވެ.

ޕިރަމިޑުން އަންނަނީ 1984 ވަނަ އަހަރުން ފެށިގެން މަންޗީ މާރީ ބިސްކޯދާއި ކްރާފްޓް ޗީޒް އާއި ޓުޑޭސް ޓޭސްޓު ސައިފަތާއި މިއުޒިކް ވޭފާ އަދި ރާނީ ޖޫސް ފަދަ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެއްޗެހި ރާއްޖެއަށް އެތެރެކުރަމުންނެވެ.