ވިލާ ކޮލެޖުގެ ދެ ވަނަ އިންޓޭކަށް ދަރިވަރުން ރަޖިސްޓްރީވެއްޖެ
ވިލާ ކޮލެޖުގެ ދެ ވަނަ އިންޓޭކަށް ދަރިވަރުން ރަޖިސްޓްރީވެއްޖެ

މި މަހު ވިލާ ކޮލެޖުން ފަށާ، މި އަހަރުގެ ދެވަނަ އިންޓޭކުގެ ކޯސްތަކަށް ހޮވުނު ދަރިވަރުން ރަޖިސްޓްރީވެއްޖެ އެވެ.

އިއްޔެ އެ ކޮލެޖުން ވަނީ ކޯސްތަކަށް އަލަށް ހޮވުނު ދަރިވަރުން ކޮލެޖުގައި ރަޖިސްޓްރީވާން ހުޅުވާލައިފަ އެވެ. އަދި އެ ކޮލެޖުގައި މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުން މޮޑިއުލްތަކުގައި ރަޖިސްޓްރީވާން މިއަދު ވަނީ ހުޅުވާލައިފަ އެވެ.

މި މަހު އެ ކޮލެޖުން ފަށާ 53 ކޯހަށް 700 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލި ކަމަށް ވިލާ ކޮލެޖުން ބުންޏެެވެ. އަދި ކޯސްތަކަށް ހޮވުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ދޫކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ވިލާ ކޮލެޖުން އަންނަަނީ އައިޓީ، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، ޝަރީއާ، ލޯ، ހިއުމަން ރިސޯސަސް، އެކައުންޓިން އަދި މެރިންސްޓަޑީޒް ކިޔަވައިދެމުންނެވެ.

މިއަންނަ އަހަރު ޕީއެޗްޑީ ކޯސްތައް ފެށުމަށް ވެސް ވިލާ ކޮލެޖުން އަންނަނީ މަސައްކަތް ކުރަމުންނެވެ.