މިރޭ 12 އިން ފެށިގެން ލަންކާގައި އިމަޖެންސީ ހިންގަނީ
މިރޭ 12 އިން ފެށިގެން ލަންކާގައި އިމަޖެންސީ ހިންގަނީ

ލަންކާ ފުލުހުންގެ ތަހުގީގުތަކަށް އެހީވުމަށް އިންޓަޕޮލްގެ ހާއްސަ ޓީމެއް މިހާރު ވަނީ ލަންކާގައި ހަރަކާތްތެރިވާން ފަށާފައި

މިރޭ 12 އިން ފެށިގެން ލަންކާގައި އިމަޖެންސީ ހިންގަނީ
މިރޭ 12 އިން ފެށިގެން ލަންކާގައި އިމަޖެންސީ ހިންގަނީ

ކޮލަމްބޯ-ނިގަމްބޯ ރޯޑުން ވެސް ޝައްކު ކުރެވޭ ވެހިކަލެއް ފާސްކުރި. އެކަމަކު އެއިން އެއްވެސް ހަތިޔާރެއް ނުފެނޭ

މިރޭ 12 އިން ފެށިގެން ލަންކާގައި އިމަޖެންސީ ހިންގަނީ
މިރޭ 12 އިން ފެށިގެން ލަންކާގައި އިމަޖެންސީ ހިންގަނީ

ޝައްކު ކުރެވޭ އިތުރު ދެ މީހަކު މިއަދު ވެސް ވަނީ ހައްޔަރުކޮށްފައި. އެ މީހުން ހައްޔަރުކުރީ އެންދެރެމުއްލާ ސަަރަހައްދުން

ފޯޓް އޭރިއާ އިން ވެސް ޝައްކު ކުރެވޭ އެއްޗެއް ފެނިގެން މިއަދު ހަވީރު ވަނީ އެ ސަރަހައްދުން މީހުން ހުސްކޮށްފައި.

އެކްސްޕްރެސްވޭތަކުން މިރޭ 6:00 އިން 9:00 އާ ދެމެދު ހުރަސްކުރެވޭނީ ފީއެއް ދައްކައިގެން ކަމަށް ރޯޑް ޑިވެލޮޕްމަންޓް އޮތޯރިޓީން ބުނެފި

އެންމެ ފަހުން ގޮވި ބޮމަކީ ހަމަލާ ދިން ކޮއްޗިކަޑޭ ފައްޅި އަށް ޓެރަރިސްޓުން ދިޔަ ވެހިކަލް ކަމަށްވޭ. އެ ވެހިކަލް ތެރޭ ގޮވާތަކެތި ހުރި.

ފެނުނީ ކުޑަ ބޮމެއް. އެ ނުގޮވާ ގޮތް ހަދަން އުޅެނިކޮށް ވަނީ ގޮވާފައި. އެ ބޮން ފެނުނީ ވެހިކަލެއްގެ ތެރެއިން

ކޮއްޗިކަޑޭ ޗާޗް ކައިރިން ޝައްކުކުރެވޭ ޕާރްސަލެއް ފެނިގެން ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން

ޕެޓާގައި ހުންނަ ބާސްޓިއަން މާވައްތަ ޕްރައިވެޓް ބަސް ސްޓޭންޑް ކައިރިއަށް، ބޮން ގޮއްވަން ބޭނުންކުރާ 87 ޑެޓޮނޭޓާ އުކާލާފައި ހުއްޓާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފި.

ކުއްލި ނުރައްކަލުގެ ހާލަތު މުޅި ގައުމަށް ހިނގާނެ. ލަންކާގެ ރައީސް ވަނީ ހަމަލާތަކުގެ ތަހުގީގަށް ބޭރުގެ އެހީތެރިކަމަށް އެދިފައި.

ލަންކާގެ ކެބިނެޓްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ހަމަލާތައް ދީފައި ވަނީ ބޭރުގެ ޖަމާއަތަކާ ގުޅިގެން ކަމަށް ބެލެވޭ.

ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ނިންމީ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވަން ކުއްލި ނުރައްކަލުގެ ހާލަތުގައި ލިބޭ އިހުތިޔާރުތައް ބޭނުންކުރުމުގެ ބާރު ދިނުމަށް.

މިރޭ 12:00 އިން ފެށިގެން ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ނިންމައިފި. އެގޮތުން، ޓެރަރިޒަމް ހުއްޓުވަން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ސަލާމަތީ ބާރުތަކަށް ވަނީ ދީފައި.

ހަމަލާ ދިން ކަމަށް ތުހުމަތުކުރަނީ ލަންކާގެ "ނެޝަނަލް ތައުހީދު" ކިޔާ ޖަމާއަތަކަށް.

މާދަމާ އަކީ ހިތާމަ ފާޅުކުރުމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ލަންކާ އިން ނިންމައިފި

އިއްޔެ ހަމަލާ ދިނީ ލަންކާގެ ހަނގުރާމަވެރި ޖަމާއަތަކުން ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވެއްޖެ

ލަންކާގައި އިއްޔެ ހަމަލާ ދިން ޝަންގްރިއްލާ ހޮޓާ ބަންދުކޮށްފި. އެ ތަނުން ބުނީ ބަންދުކުރަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށާއި ފަހުން މައުލޫމާތު ހާމަކުރާނެ ކަމަށް. އިއްޔެ އެތަނަށް ހަމަލާ ދިނީ މީހަކު ގައިގައި ބޮން ހަރުކޮށް އަމިއްލަ އަށް މަރުވެގެން ކަމަށް ފުލުހުން ވަނީ ބުނެފައި.

ލަންކާގައި މިރޭ 8 އިން ފެށިގެން ފަތިހު 4 އާ ހަމައަށް ކާފިއު އިއުލާންކޮށްފި

ޝައްކުކުރެވޭ ބަޔަކު އުޅޭ ކަމަށް ލަންކާ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މައުންޓް ލެވީނިއާ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ލަންކާގައި ހަމަލާ ދިނުމަށް ޓެރަރިސްޓުން އަދިވެސް މަސައްކަތްކުރުން އެކަށީގެންވާ ކަމަށް ބުނެ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިންޒާރު ދީފި

ސްރީ ލަންކާ އަށް ހަމަލާ ދިން އިރު ސިންގަޕޫރުގައި ހުންނެވި ލަންކާގެ ރައީސް މައިތިރްޕަލާ ސިރިސޭނާ މިހާރު ވަނީ ގައުމަށް ވަޑައިގެންފައި.

ލަންކާގައި އިއްޔެ ކާފިއު އިއުލާނުކުރި ނަމަވެސް މިއަދު ހެނދުނު 6:00 ގައި ވަނީ ވަގުތީ ގޮތުން ކާފިއު އުވާލާފައި.

ހަމަލާ ދޭން އުޅޭ ކަމުގެ ޖާސޫސީ މައުލޫމާތު ލަންކާ ފުލުހުންނަށް ކުރިން ލިބިފައިވާ ކަމަށް ބުނާ ވާހަކަ އަށް ޖަވާބު ދެއްވަމުން ބޮޑުވަޒީރު ރަނިލް ވިކްރެމަސިންހަ އިއްޔެ ވިދާޅުވީ "އެކަށީގެންވާ ފިޔަވަޅު އެޅިފައި ނުވަނީ ކީއްވެތޯ ބަލަންޖެހޭ" ކަމަށާއި އެއްވެސް ވަޒީރަކާ އެ މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށް. އަދި ވިދާޅުވީ މި ވަގުތު އެންމެ މުހިންމީ ހަމަލާ ދިން މީހުން ހޯދައި ހައްޔަރުކުރުން ކަމަށް.

ހަމަލާ ދިނީ ކޮން ބައެއްކަން ހޯދިފައިވާ ކަމަށް ލަންކާ ސަރުކާރުން އިއްޔެ ވަނީ ބުނެފައި. ނަމަވެސް އެއީ ކޮން ބައެއްކަން އަދި ކޮން ގައުމެއްގެ ބައެއް ކަމެއް ވެސް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވޭ.

ސްރީ ލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 290 އަށް އަރާފައިވާ ކަމަށާއި ހަމަލާ ދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތަށް 24 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ބައެއް ފައްޅިތަކާއި ޓޫރިސްޓް ހޮޓާތަކަށް، އަމިއްލަ އަށް މަރުވެގެން ދިން މި ހަމަލާތަކާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ 24 މިހާރު ވަނީ ފުލުހުންގެ ސީއައިޑީ ޑިޕާޓްމަންޓާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެނުން ވެސް ހިމެނެ އެވެ.

މަރުވި މީހުންނަށް ބަލާއިރު އޭގެ ތެރޭގައި 36 ބިދޭސީއަކު ހިމެނެ އެވެ. އަދި ފުލުހުންގެ ތިން މީހަކު ވެސް ވަނީ މަރުވެފަ އެވެ.

އިއްޔެ ހެނދުނު ދާދި އެއްވަގުތެއްގައި ދިން ހަމަލާތަކާ އެކު ލަންކާ އަށް ވަނީ ނާމާންކަން ވެރިވެފަ އެވެ. ބައެއް ވަގުތުތަކުގައި އާންމުން ބޭރަށް ނުކުމެ އުޅުން ވެސް މަނާކޮށް ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތައް ވެސް ވަނީ ބްލޮކް ކޮށްފަ އެވެ.

ސަރުކާރުން ކަށަވަރުކޮށްދިން ގޮތުގައި ސެއިންޓް އެންތަނީސް ޗާޗާއި ކަޓުވަޕިޓިޔާ ޗާޗާއި ޝަންގްރިއްލާ އާއި ސިނަމަން ގްރޭންޑް ހޮޓަލުގައި ހަމަލާ ދީފައިވަނީ އަމިއްލަ އަށް މަރުވެގެން ބޮން ގޮއްވާލައިގެންނެވެ.

ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 452 ގައި އުޅޭއިރު، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ.