ކްލިންޓް އީސްޓްވުޑް އާ ފިލްމު އޮލިމްޕިކްސްގައި ބޮން ގޮއްވި ވާހަކަ
ކްލިންޓް އީސްޓްވުޑް އާ ފިލްމު އޮލިމްޕިކްސްގައި ބޮން ގޮއްވި ވާހަކަ

މޮޅު އަދި ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސް ދީފައިވާ ޑައިރެކްޓަރު ކްލިންސްޓް އީސްޓްވުޑް އިތުރު ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރު ވާން ފަށައިފި އެވެ.

ކްލިންޓް އީސްޓްވުޑް އާ ފިލްމު އޮލިމްޕިކްސްގައި ބޮން ގޮއްވި ވާހަކަ
ކްލިންޓް އީސްޓްވުޑް އާ ފިލްމު އޮލިމްޕިކްސްގައި ބޮން ގޮއްވި ވާހަކަ

ވެރައިޓީން ބުނި ގޮތުގައި 88 އަހަރުގެ ޑައިރެކްޓަރު ޑިޒްނީ އާއި ފޮކްސްއާ ގުޅިގެން ހަދާ ފިލްމުގެ ނަމަކީ "ދަ ބެލޭ އޮފް ރިޗަޑް ޖުވެލް" އެވެ.

މީގައި ކިޔައި ދޭނީ 1996 ގައި އެޓްލާންޓާގައި ބޭއްވި ސަމާ އޮލިޕިކް ގޭމްސްގައި ބޮން ގޮއްވިކަމުގެ ތުހުމަތު ކުރެވުނު އެމެރިކާގެ ކުރީ ފުލުސް އޮފިސަރު އަދި ސެކިއުރިޓީ ގާޑް ރިޗަޑްގެ ވާހަކަ އެވެ. އޭނާގެ މައްޗަށް ކުރެވުނު އަސްލެއް ނެތް ތުހުމަތުން ސަލާމަތްވިތާ ތިން މަސް ފަހުން ހާޓްއެޓޭކެއްގައި މަރުވީ 2007 ގަ އެވެ. އޭރު ރިޗަޑްގެ އުމުރުން 44 އަހަރެވެ.

ކުރިން ބެލެވުނު ގޮތުގައި މި ފިލްމުގެ ކާސްޓުން ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ޖޮނާ ހިލް ފެނުމުގެ ފުރުސަތު އޮތް ނަމަވެސް، މިހާރު ފިލްމުގައި އެ ތަރިން ހިއްސާއެއް ނުވާނެ އެވެ.

ކްލިންޓް އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސް ދިން ފިލްމަކީ އޭނާ އެކްޓިން އިން ރިޓަޔާ ކުރި ފިލްމުގެ ގޮތުގައި މިދިޔަ އަހަރު ރިލީޒް ކުރި "ދަ މިއުލް" އެވެ.

"ދަ ބެލޭ އޮފް ރިޗަޑް ޖުވެލް" ގެ މަސައްކަތް ފަށަން ތައްޔާރުވަމުން ދިޔަ ނަމަވެސް ފިލްމާ ބެހޭ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.