21 އެޕްރީލް 2019 - 11:11

ނ. މިލަދޫ ހިދާޔާ ސްކޫލްގެ ތިޖޫރި ފަޅާލައި އޭގައި ހުރި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.
ހިދާޔާ ސްކޫލްގެ ޕްރިންސިޕަލް ޗަންދުރަ ކުމާރު "މިހާރު" އަށް ވިދާޅުވީ ތިޖޫރި ފަޅާލައިގެން ފައިސާ ވަގަށް ގެންގޮސްފައިވާކަން އެނގުނީ މިއަދު ހެނދުނު ސްކޫލް ހުޅުވުމުން ކަމަށާއި ވަގަށް ގެންގޮސްފައި ވަނީ 101،300 ރުފިޔާ ކަމަށެވެ.
"އެއީ ސްކޫލުން މަސައްކަތު ދުވަސް ފާހަގަކޮށްގެން ލިބިފައި ހުރި ފައިސާ،" އޭނާ ވިދާޅުވި އެވެ.
ހިދާޔާ ސްކޫލްގެ ތިޖޫރި ފަޅައިިލި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެކަން ތަހުގީގުކުރަން މަނަދޫގައި ތިބޭ ފުލުހުން މިހާރު އެ ރަށަށް ދަތުރުކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ކުމާރު ވިދާޅުވި އެވެ.
ފަހަކަށް އައިސް ގިނަ ތިޖޫރިތަކެއް ވަނީ ވަގަށް ނަގައިފަ އެވެ. އޭގެ ތެރެއިން ބައެއް ވައްކަންތަކުގައި ގެއްލުނު ފައިސާ ފުލުހުން ވަނީ ހޯދައިފަ އެވެ.