01 ސެޕްޓެމްބަރ 2016 - 11:57

ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ކަމަށް، ކުރިން އެ އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމުގައި ހުންނެވި މުހައްމަދު ނަސީރު މިއަދު ބަދަލު ކުރައްވައިފި އެވެ.
ރާއްޖޭގައި ހާރިޖީ ދާއިރާގައި ދިގު މުއްދަތެއްގައި މަސައްކަތް ކުރައްވާފައިވާ ނަސީރު ވަނީ ކުރިން ފޮރިން މިނިސްޓްރީގެ ފޮރިން ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އަދި އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ.