20 އެޕްރީލް 2019 - 20:09

އިސްލާމިކް މިނިސްޓްރީގެ ދެ ފަންޑަކަށް ފައިސާ ހޯދަން މިއަދު ހިންގި ހަރަކާތުގައި 570،363ރ. ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
އިސްލާމީ މަރުކަޒު ސަރަހައްދުގައި މިއަދު ހެނދުނުން ފެށިގެން އިރުއޮއްސުމާ ހަމައަށް ބޭއްވި ހަރަކާތުގައި މިސްކިތު ފަންޑާއި ދީނީ ފަންޑަށް ފައިސާ ހަދިޔާކުރުން އޮތީ ހުޅުވާލައިފަ އެވެ.
އޭގެ ތެރެއިން މިސްކިތު ފަންޑަށް ވަނީ 465،562ރ. އާއި 551 ޑޮލަރު ލިބިފަ އެވެ. އަދި ދީނީ ފަންޑަށް 93،129ރ. އާއި 205 ޑޮލަރު ލިބުނެވެ.
ކޭޝްކާޑާއި އޮންލައިންކޮށް ފައިސާ ހަދިޔާކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.
މިއަދު އެކަނި ކުރިއަށް ގެންދަން ނިންމި ހަރަކާތަށް، ވިއްސާރަވުމާ ގުޅިގެން ހުރަސްތައް ކުރިމަތިވެފައި ވާތީ މާދަމާގެ 1:00 އިން 6:00 އަށް އަލުން އެ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.