ބީބީސީގެ އެންމެ މޮޅު 100 ފިލްމުގެ ތެރޭގައި އިންޑިއާ ފިލްމެއް ނެތް
ބީބީސީގެ އެންމެ މޮޅު 100 ފިލްމުގެ ތެރޭގައި އިންޑިއާ ފިލްމެއް ނެތް

ދާދިފަހުން ބީބީސީން ވަނީ 21 ވަނަ ގަރުނުގައި އުފެއްދި އެންމެ މޮޅު 100 ފިލްމު ހޮވައި އެ ފިލްމުތަކުގެ ނަންތައް ޝާއިއުކޮށްފަ އެވެ. މި ލިސްޓުގައި އިންޑިއާގެ އެންމެ ފިލްމެއް ވެސް ހިމެނިފައި ނެތްކަން ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފަ އެވެ.

ބީބީސީގެ އެންމެ މޮޅު 100 ފިލްމުގެ ތެރޭގައި އިންޑިއާ ފިލްމެއް ނެތް
ބީބީސީގެ އެންމެ މޮޅު 100 ފިލްމުގެ ތެރޭގައި އިންޑިއާ ފިލްމެއް ނެތް

އެންމެ މޮޅު 100 ފިލްމު ކަނޑައެޅުމަށް، މީހުން އުޅޭ ހުރިހާ ބައްރުތަކުން 177 ފިލްމު ބައިވެރިކޮށްފައިވެ އެވެ. ކޮންމެ ފާޑުކިޔުންތެރިއަކު އެމީހަކަށް އެންމެ ކަމުދާ 10 ފިލްމެއް ހުށަހެޅި އެވެ. އެގޮތުން ޖުމްލަ 599 ފިލްމު މި ލިސްޓުގައި ހިމެނުމަށް ހުށަހެޅުނު ކަމަށް ބީބީސީން ބުނެފައިވެ އެވެ. މީގެ ތެރެއިން އެންމެ މޮޅު 100 ފިލްމު ނެގީ ފާޑުކިޔުންތެރިން ވޯޓު ދީގެންނެވެ.

އިންޑިއާގައި ވެސް ފިލްމުތަކަށް ފާޑުކިޔާ ލިޔުންތެރިން ވަރަށް ގިނަ އެވެ. އަދި މި އެންމެން ވެސް މިކަމުގައި ބައިވެރިވެފައިވެ އެވެ. ނަމަވެސް އަހަރަކު އެތައް ސަތޭކަ ފިލްމެއް އުފައްދާ އަދި ދުނިޔޭގެ އެންމެ ބޮޑު އެއް ފިލްމު އިންޑަސްޓްރީ ކަމުގައިވާ އިންޑިއާގެ އެންމެ ފިލްމެއް ވެސް މި ލިސްޓަށް ނޭރުމުން އެ ގައުމުގެ ގިނަ ބަޔަކު ވަނީ މާޔޫސްވެފަ އެވެ.

މި ލިސްޓުގެ ގަދަ 10 ގައި އޭޝިއާގެ ތިން ފިލްމެއް ހިމެނުނެވެ. އޭގެ ތެރޭގައި ދެ ވަނައަށް ހޮވުނު ވޮންގް ކާ-ވައިގެ "އިން ދަ މޫޑް އޮފް ލަވް" އާއި ލިސްޓުން ހަތަރު ވަނަ ލިބުނު ހަޔާއޯ މިޔަޒާކީގެ އޮސްކާ ލިބުނު ފިލްމު "ސްޕިރިޓަޑް ވޭ" އަދި އެޑްވަޑް ޔޭންގްސްގެ "ޔީޔީ" ހިމެނެ އެވެ. މި ފިލްމު އޮތީ ލިސްޓުގެ އަށް ވަނައިގަ އެވެ.

މި ލިސްޓުގެ އެއް ވަނައިގައި އޮތީ ޑޭވިޑް ލިންޗްގެ 2001ގެ އުފެއްދުމެއް ކަމަށްވާ "މުލްހޮލެންޑް ޑްރައިވް" އެވެ. މިއީ ހޮލީވުޑްގެ އަނދިރިފަރާތުގައި މަސައްކަތްކުރާ މީހުންގެ ފަތިފުށް ދައްކުވައިދޭ ފިލްމެކެވެ. ލައުރޯ ހެރިން އާއި މުޅިން އަލަށް ފިލްމު ކުޅެން ފެށި ނައޯމީ ވޮޓްސްގެ ވަރަށް މޮޅު ހުނަރު މި ފިލްމުން ފެނިގެން ދެ އެވެ.

ދެވަނައިގައި އޮތީ ހޮންގްކޮންގް ފިލްމު "އިން ދަ މޫޑް އޮފް ލަވް" އެވެ. މިއީ 1960ގެ އަހަރު ތަކުގައި ހޮންގްކޮންގްގައި ހިނގި ލޯބީގެ ހާދިސާއެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ.

ތިން ވަނައިގައި އޮތީ "ދެއަ ވިލް ބީ ބްލަޑް" އެވެ. މިއީ 2008 ގައި ޑެނިއެލް ޑޭ ލުވިސް ކުޅުނު އަދި ޕޯލް ތޯމަސް އެންޑަސަން ޑައިރެކްޓްކޮށްފައިވާ ވަރަށް މޮޅު ފިލްމެކެވެ.