ވައްކަމުގެ ތުހުމަތުގައި އަލިފުށިން މީހަކު ހައްޔަރުކޮށްފި
ވައްކަމުގެ ތުހުމަތުގައި އަލިފުށިން މީހަކު ހައްޔަރުކޮށްފި

ރ. އަލިފުށީގެ ގެއަކުން 19,000ރ. އާއި އެޕަލް ވޮޗެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ރޭ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ވައްކަމާ ގުޅިގެން ހައްޔަރުކުރީ 34 އަހަރުގެ ފިރިހެނެއް ކަމަށެވެ. ވަގަށް ނެގި ފައިސާގެ ތެރެއިން 13،500ރ. އާއި ގަޑި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ތަކެތި ހޯދީ، އެ ފިރިހެން މީހާ ފައިބަރު މަސައްކަތްކުރާ ތަނުގެ ކައިރީގައި ފޮރުވާފައި ވަނިކޮށެވެ.

ވައްކަމާއި ފޭރުމުގެ ގިނަ މައްސަލަތަކެއް މި އަހަރުގެ މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައި ވެ އެވެ. މާލޭގައި ވެސް މިލިއަނުން ފައިސާ ފޭރުން އިތުރުވެފައިވާތީ އެކަމަށް ސަމާލުވާން ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.