20 އެޕްރީލް 2019 - 07:55

ދެކުނު ކޮރެއާގެ ސެމްސަންގާއި ޗައިނާގެ ވާވޭގެ ފަތްޖެހޭ ފޯނަކީ މިހާރު މާޒީގެ ތެރެއަށް ގޮސްފައިވާ ވާހަކައެކޭ ބުނެވިދާނެ އެވެ. އެ ދެ ކުންފުނިން އެ މީހުންގެ އުފެއްދުންތައް އާންމުންނާ ހަމައަށް ގެނެސްދީ، އޭގެ ތަޖުރިބާތައް ވެސް އެތައް ބަޔަކުކޮށްފި އެވެ. ދެ ޑިސްޕްލޭ އެކުލެވޭ އެ ފޯނުތަކަކީ އެކީއަކަށް ހުޅުވައިލުމުން ހެޔޮވަރުގެ ޓެބްލެޓަކަށްވާ އުފެއްދުމެކެވެ.
މީގެ ތަފާތުކަމުގެ ވާހަކަ ދެން މާ ގިނަ ދުވަހަކަށް ދައްކައެއް ނޫޅޭނެ އެވެ. ދެން އޮތީ ތިން ދިމާލުން ފަތްޖެހޭ ފޯނުގެ ވާހަކަ އެވެ. މި ވައްތަރުގެ ފޯނު ދެން މާ ލަހެއް ނުވެ ބާޒާރަށް ނެރޭނެ ކަމުގެ އިޝާރާތްތައް މިހާރު ވެސް ވަނީ ލިބިފަ އެވެ.
ރަޝިއާގެ ކުންފުންޏެއް ކަމަށްވާ ކެވިއާ އިން ވަނީ އެޕަލްގެ އައިފޯނު އޮންނަ ގޮތަށް ހަދާފައިވާ "ޒީ" ފޯން ތިން ފަތްޖެހޭ ގޮތަށް އީޖާދުކޮށްފަ އެވެ.
މީގެ ވީޑިއޯއެއް ވެސް މީޑިއާތަކުގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.
އެއިން ފެންނަ ގޮތުގައި މިއީ ތިން ބަރިއަކަށް ތިން ޑިސްޕްލޭ އިންނަ ފޯނެކެވެ. ކޮންމެ ޑިސްޕްލޭއެއްގެ ސައިޒަކީ 6.6 އިންޗި އެވެ. އެއްކޮށް ހުޅުލައިވުމުން 10.4 އިންޗީގެ ޓެބްލެޓަކަށް "ޒީ" ބަދަލުވެގެން ދެ އެވެ. އަދި މިއީ ޓީވީއެއްގެ ގޮތުގައި ވެސް ބޭނުކޮށްލެވިދާނެ އުފެއްދުމެކެވެ. "ޒީ" ފޯނުގެ ކުރިމައްޗާއި ފަހަތުގައި ކެމެރާތައް ހިމަނާފައި އިރު، ޑިސްޕްލޭގައި ފިންގްޕްރިންސްޓް ސްކޭނާ އާއި ފޭސް އައިޑީ ފަދަ ފީޗާތައް އެކުލެވެ އެވެ.
ކެވިއާ އިން "ޒީ" ގައި އެޕަލްގެ ރަސްމީ އައިކަން އާފަލު ވެސް ހިމަނާފައިވާ އިރު، އެ ކުންފުނިން ބުނި ގޮތުގައި ތިން ތަނުން ފަތްޖެހޭ ފޯނު އެހެން ކުންފުނިތަކާ ގުޅިގެން ތަރައްގީކުރުމުގެ ވިސްނުން ވެސް ގެންގުޅެ އެވެ.
ނަމަވެސް މި ފޯނު ކަސްޓަމަރުންގެ އަތަށް އަރާނެ އިރެއް އަދިއެއް ނޭނގެ އެވެ. އެކަމަކު އަގުތައް ފެށޭނެ ކަމަށް ބެލެވެނީ 3،261.19 ޑޮލަރު (50،124.49ރ.) އިންނެވެ.