ރައީސްގެ ރަސްމީ ފޭސްބުކް ޕޭޖެއް ހަދައިފި
ރައީސްގެ ރަސްމީ ފޭސްބުކް ޕޭޖެއް ހަދައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރަސްމީ ފޭސްބުކް ޕޭޖެއް ހަަދައި ރައީސް އޮފީހުން އެކަން މިއަދު އިއުލާނުކޮށްފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަސްމީ ފޭސްބުކް ޕޭޖެއް ހެދި އިރު އެ ޕޭޖް ވަނީ ވެރިފައި ވެސް ކޮށްފަ އެވެ.

ރައީސް މިހާތަނަށް އާންމުކޮށް ބޭނުންކުރައްވަމުން އައީ ޓުވީޓާ އެވެ. އެމަނިކުފާނުގެ ޓުވިޓާ އެކައުންޓު 52،000 އަށް ވުރެ ގިނަ މީހުން ފޮލޯކުރެ އެވެ.

ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުން އެބޭފުޅުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ވެރިފައި ނުކުރައްވާތީ އަދި އެބޭފުޅުންގެ ނަމުގައި ފޭކް ޕޭޖްތައް ހިންގާތީ މީހުންނަށް އޮޅުން އެރުމުގެ ބައެއް ކަންކަން ކުރިން ހިނގާފައި ވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ސޯޝަލް މީޑިއާ ވަރަށް ބޮޑަށް ބޭނުންކުރައްވާ، ސޯޝަލް ނެޓްވޯކްތަކުގައި ވަރަށް ހަަރަކާތްތެރި ބޭފުޅެކެވެ.