20 އެޕްރީލް 2019 - 07:55

ނިޔަފަތިން ވެސް ތިމާގެ ސިއްހީ ހާލަތާ ބެހޭގޮތުން ވާހަކަތަކެއް ބުނެދޭކަން އެނގޭ ހެއްޔެވެ؟ ވަކި ތަންކޮޅެއް ހުދުވެފައި، ނުވަތަ ވަކި ހިސާބެއްގައި ރަތްކަމެއް ހުރުމާއި ތަންކޮޅެއް ފަޅައިގެން ގޮސްފައި ހުރުން އަދި އުފުލިފައި ނުވަތަ ދުޅަވެފައި ހުރުމަކީ ހަށިގަނޑުގައި ހުރި ބައެއްޔެއްގެ އަލާމާތްތަކަކަށް ވެދާނެ އެވެ. ފުރަމޭގެ ބަލިތަކާއި ފުއްޕާމޭ އަދި ހިތުގެ ބަލިތަކަކީ ނިޔަފަތިން ވެސް އަލާމާތްތައް ދައްކާ ބަލި ބައްޔެވެ.
ނިޔަފަތި ރީނދޫވެފައި ހުރުމަކީ ސީރިއަސް ބައްޔެއްގެ އަލާމާތަކަށް ވެދާނެ އެވެ. އޭގެ ތެރޭގައި ލޭމަދުވުން، ކޮންޖެޓިވް ހާޓް ފެއިލިއާ، ފުރަމޭގެ ބަލިތައް ހިމެނެ އެވެ. އަދި ހަށިގަނޑަށް ލިބެންޖެހޭ މާއްދާތައް މަދުވެގެން ދިމާވާ ކަމަކަށް ވެދާނެ އެވެ.
ނިޔަފަތި ހުދުވުމަކީ ހެޕަޓައިޓިސްގެ އަލާމާތެއް ކަމަށް ވެދާނެ އެވެ.
ރީނދޫވުމާއި ރީނދޫކުލަ އެރުމަކީ އަދި މުޅިން ދެ ހާލަތެކެވެ. ރީނދޫވުމޭ ކިޔަނީ ނިޔަފަތީގައި ގުދުރަތީ ގޮތުން ހުންނަ ރަތްކަން ކެނޑި ކުލަ ފަނޑުވުމަށެވެ. ރީނދޫ ކުލަ އެރުމަކީ ނިޔަފަތީގެ ކުރިއަށް ރީނދޫ ކުލަ އެރުމެވެ. މިހެން އާންމުކޮށް މިހެން ދިމާވަނީ ފަންގަލް އިންފެކްޝަންއެއް ޖެހިފައިވާ ނަމަ އެވެ. މިފަދައިން ރީނދޫކުލައަރާ މަދު ހާލަތެއްގައި އެއީ ތައިރޮއިޑްގެ ސީރިއަސް މައްސަލައަކަށް ނުވަތަ ފުއްޕާމޭގެ ބައްޔަކަށްވުމުގެ އިތުރުން ހަކުރުބަލި ނުވަތަ ސޯރިއޭސިސްގެ ކޭސްއަކަށް ވުމަކީ ވެދާނެގޮތެކެވެ.
ނިޔަފަތި ނޫވުމުން ދޭހަކޮށްދެނީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ލިބެމުން ނުދާކަމެވެ. މިއީ ފުއްޕާމޭގެ ބައްޔަކަށް ނުވަތަ ބައެއްފަހަރު ހިތުގެ ބައްޔަކާ ގުޅިގެން ވެސް ދިމާވެދާނެ އެވެ.
މިއީ ސޯރިއޭސިސްގެ ކުރީކޮޅުގެ ކޭހަކަށް ވެދާނެ އެވެ. ނުވަތަ އާތުރައިޓިސްއަށް ވުން ވެސް އެކަށީގެންވެ އެވެ. މިހެން ވުމުން ނިޔަފަތީގެ ދަށުގައި ހުންނަ ހަންގަނޑު ހުންނާނީ މުށި ރަތްކުލައެއްގަ އެވެ.
ހިކިވެ ބުރިވެފައި ހުންނަ ނިޔަފައްޗާ ގުޅިފައި ވަނީ ތައިރޮއިޑް ބައްޔެވެ. މިހެން ވެފައި ހުންނަ ނިޔަފަތީގައި ރީނދޫކަމެއް ހުންނަ ނަމަ އެއީ ފަންގަލް އިންފެކްޝަނަކަށް ވެސް ވެދާނެ އެވެ.
ނިޔަރޮދި ރަތްވެ ދުޅަވެފައި ހުންނަ ނަމަ އެއީ ލޫޕަސް ނުވަތަ އެހެންވެސް ޓިޝޫތަކަށް މައްސަލައެއް ދިމާވެގެން ވެދާނެ ގޮތެކެވެ. ނުވަތަ އެތަނުގައި ޖަރާސީމު ހެދިގެން ވެސް މިހެންވެދާނެ އެވެ.
މިގޮތަށް ހުރެއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ވާނެ އެވެ. މިއީ އެންމެ ނުރައްކާތެރި ހަމުގެ ކެންސަރު ކަމަށްވާ މެލަނޯމާގެ އަލާމާތަކަށްވުން އެކަށީގެންވެ އެވެ.
ނިޔަފަތި ކެއުމަކީ ހަރުލާފައިވާ ގިނަދުވަސްވީ އާދައަކަށް ވުރެ ބޮޑުކަމެއްކަމުގައި ވެދާނެ އެވެ. އެއީ ފަރުވާއިން ރަނގަޅު ކުރެވޭ ފަދަ އެންޒައިޓީގެ މައްސަލައަކަށް ވެދާނެ އެވެ. ނުވަތަ ބައެއް ފަހަރު އެއީ "އޮބްސެސިވް ކޮންޕަލްސިވް ޑިސްއޯޑާ" އޭ މިކިޔާ ނަފްސާނީ ބައްޔަކަށް ވުމަކީ ވެސް ވެދާނެ ކަމެކެވެ. ނިޔަފަތި ކެއުމުގެ އާދަ ނުހުއްޓޭ ނަމަ ޑޮކްޓަރަކާ ވާހަކަދައްކައިލުމަކީ އެދެވިގެންވާ ގޮތެކެވެ.
މަތީގައި މިކިޔައިދެވުނު އަލާމާތްތަކަކީ ކޮންމެ ފަހަރަކު ބައްޔަކަށް ނުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނިޔަފައްޗަކީ ދާދި އަވަސް އަވަހަށް ބަދަލުވާ އެއްޗެކެވެ. އެކަމަކު ތިމާގެ އަމިއްލަ ދުޅަހެޔޮކަމަށްޓަކައި މިއިން ކަމަކާ މެދު ކަންބޮޑުވާ ނަމަ ޑޮކްޓަރަކަށް ދައްކައިލުމަކީ ކުރެވިދާނެ ކަމެކެވެ. -- މައުލޫމާތު: ވެބްއެމްޑީ