ގާބިލް ރައްޔިތުން އުފަައްދަން ސައިރިކްސްގެ އާ ހަރަކާތްތަކެއް
ގާބިލް ރައްޔިތުން އުފަައްދަން ސައިރިކްސްގެ އާ ހަރަކާތްތަކެއް

ގާބިލް ރައްޔިތުން އުފައްދަން މިދިޔަ އަހަރު ސައިރިކްސް ކޮލެޖުން ފެށި ކެމްޕެއިންގެ އާ ހަރަކާތްތަކެއް މިއަދު އެތަނުން ފަށައިފި އެވެ.

"ރައްޔިތެއް، ސިޔާސީ މީހެއް ނޫން" ގެ ނަމުގައި މިދިޔަ އަހަރު ފެށި ކެމްޕެއިނުގައި މިއަހަރު ޕްރޮމޯޓްކުރަނީ ރަނގަޅު ސުލޫކެއް އަށަގަންނުވަން ބޭނުންވާ ކަންތައްތަކާ ގުޅޭޭ ގޮތުންނެވެ. އެގޮތުން، ގާބިލް އަދި ޒިންމާދާރު ޖީލެއް އުފެއްދުމަށް، ހިނިތުންވުމުގެ މުހިއްމުކަމާ ބެހޭ ވީޑިއޯއެއް އެތަނުން މިއަދު އާންމުކުރި އެވެ.

އެ ވީޑިއޯގައި، ގާބިލް ފަރުދަކަށް ވެވޭނީ ހަމައެކަނި އިލްމު ހޯދައިގެން ނޫން ކަމަށް ބުނެފައިވެ އެވެ. އަދި ކޮންމެ ފަރުދެއްގެ ކިބައިގައި ވެސް ރަނގަޅު ސްކޫލެއް ހުންނަންވާނެ ކަމަށާއި، ހިނިތުންވުމަކީ އެ ސިފަތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ކަމެއްކަން ފާހަގަކޮށްފައިވެ އެވެ.

މި ކެމްޕެއިނާ ގުޅޭ ގޮތުން އެ ކޮލެޖުގެ ޑީން އޮފް ސްޓޫޑެންޓްސް ވިދާޅުވީ މި ކެމްޕެއިނުގެ ހަރަކާތްތައް އެތަނުން އަންނާނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޕްރޮމޯޓުކުރަމުން ކަމަށެވެ. އަދި މި ކެމްޕެއިނާ ގުޅޭ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަން ވެސް އެތަނުން ވަނީ ނިންމާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މި ކެމްޕެއިނުގައި، އެ ކޮލެޖުން މިދިޔަ އަހަރު ތަފާތު ހަރަކާތްތަކެއް ހިންގި އެވެ. އޭގެ ތެރޭގައި އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ ވާހަކަދެއްކުމާއި އިތުރު ހަރަކާތްތަކާއި ކުޅިވަރު މުބާރާތްތައް ސްޕޮންސަރުކުރުން ހިމެނެ އެވެ.