17 އެޕްރީލް 2019 - 23:15

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މޯބައިލް ޕޭ މެދުވެރިކޮށް ގޭހަށް ފައިސާ ދެއްކޭ ގޮތް ފަހިކޮށް، ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުުރުސަތު ހުޅުވާލައިފި އެވެ.
މޯލްޑިވް ގޭހާއި ބިީއެމްއެލުން ގުޅިގެން ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި މޯބައިލް ޕޭ ބޭނުންކޮށްގެން ގޭސް ފުޅިއަށް ފައިސާ ދައްކާ ފަރާތްތަކުގެ މެދުގައި ނަގާ ގުރަތުނެގުމުން ހޮވޭ މީހަކަށް 10،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.
މިކަމަށް ހާއްސަ އެޕްލިކޭޝަން ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ވެސް ޑައުންލޯޑު ކުރެވޭނެ އެވެ. އެޕްލިކޭޝަން ޑައުންލޯޑު ކުރުމަށްފަހު ރަޖިސްޓާ ވާންޖެހެ އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 15 އިން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.