17 އެޕްރީލް 2019 - 14:12

ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގެ ހިދުމަތް އެންމެ ފުޅާކޮށް ދެމުން އަންނަ މޯލްޑިވިއަނުން ރޯދަ މަހަށް ހާއްސަ އަގުތަކެއް ކަނޑައަޅައިފި އެވެ.
ގައުމީ އެއާލައިނުން ރާއްޖޭގެ 10 މަންޒިލަކަށް ކުރާ ދަތުރުތަކުގެ ޓިކެޓްގެ އަގު ވެސް ރޯދަމަހަށް ވަނީ ހެޔޮކޮށްފަ އެވެ.
މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓްގެ އަގަށް ޖެނުއަރީ 10 ގައި ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. އާ ސަރުކާރު ވެރިކަމާ ހަވާލުވުމާ އެކު ގެނައި އެ ބަދަލުގެ ސަބަބުން ހުރިހާ މަންޒިލެއްގެ ޓިކެޓް ވެސް 25-30 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ހެޔޮވި އެވެ.
ދަރަވަންދޫ: 999 ރުފިޔާ
ކުޑަހުވަދޫ: 1،388 ރުފިޔާ
އިފުރު: 1،388 ރުފިޔާ
ހަނިމާދޫ: 1،477 ރުފިޔާ
ތިމަރަފުށި: 1،477 ރުފިޔާ
ކައްދޫ: 1،515 ރުފިޔާ
ކޫއްޑޫ: 1،515 ރުފިޔާ
ކާޑެއްދޫ: 1،515 ރުފިޔާ
ގަން: 1،544 ރުފިޔާ
ފުވައްމުލަކު: 1،544 ރުފިޔާ
މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ ރޯދަމަހަށް ހާއްސަ އަގުތަކެއް ހަމަޖެއްސީ ރޯދަމަހު އާއިލާ ކައިރިއަށް ފަސޭހައިން ދެވޭނެ މަގު، ރަށުން ބޭރުގައި އުޅޭ މީހުންނަށް ފަހިކޮށްދިނުމުގެ މަގުސަދުގަ އެވެ.