ކާފަދަރިފުޅާއި ކާފަ އެއް ކޮލެޖެއްގައި ކިޔަވަނީ
ކާފަދަރިފުޅާއި ކާފަ އެއް ކޮލެޖެއްގައި ކިޔަވަނީ

ކޮލެޖަށް ކިޔަވަން ދާ ފުރަތަމަ ދުވަހަކީ ގިނަ ކުދިން ވަރަށް ބިރުގަންނަ ދުވަހެކެވެ. ނަމަވެސް ޓެކްސަސްގައި ދިރިއުޅޭ މި އަންހެންކުއްޖާއާ އެކު އޭނާގެ މުޅި އުމުރުގެ އެކުވެރިޔާ އަދި އޭނާ އެމީހަކަށް އެންމެ އިތުބާރު ކުރާ މީހާ ކަމަށްވާ ކާފަ ވެސް ކޮލެޖަށް ދާނެ އެވެ.

ކާފަދަރިފުޅާއި ކާފަ އެއް ކޮލެޖެއްގައި ކިޔަވަނީ
ކާފަދަރިފުޅާއި ކާފަ އެއް ކޮލެޖެއްގައި ކިޔަވަނީ

މެލާނީ ސެލާޒާ، ޓެކްސަސްގެ ސެން އެންޓޯނިއޯގެ ޕާލޯ އެލްޓޯ ކޮލެޖަށް ދިޔައިރު އެއްވެސް ކަންބޮޑުވުމެއް ނެތެވެ. އެ ކެމްޕަސްގެ އެންމެ މަޝްހޫރު މީހާ ރޭނޭ ނެއިރާ، 82، އަކީ ސެލާޒާ ވަރަށް ރަނގަޅަށް ދަންނަ މީހަކަށް ވާތީ އެވެ.

ސެލާޒާގެ ކާފަ އިކޮނޮމިކް އިން އެސޯސިއޭޓް ޑިގްރީއަކަށް އެ ކޮލެޖުގައި ދަނީ ކިޔަވަމުންނެވެ. އަދި މި ސެމިސްޓާއަށް ފަހު ޑިގްރީއެއް ލިބުމުގެ އުންމީދު އެބައޮތެވެ.

ކާފަ އިކޮނޮމިކްސް ކިޔަވަން ނޫޅޭ އިރެއް ސެލާޒާ ހަނދާނެއް ނެތެވެ. އެކިއެކި ވަޒީފާތަކުގައި އުޅެމުން ދޭތެރެ ދޭތެރެއިން ކާފަ އަބަދުވެސް ކިޔަވަން މަސައްކަތް ކުރާކަން ސެލާޒާ އަށް އެނގެ އެވެ. އެހެންވެ ކާފަ ކިޔަވާ ކޮލެޖަށް ކިޔަވަން ދިއުމުގައި ވެސް އޭނާގެ މައްސަލައެއް ނެތެވެ.

ސެލާޒާ، 18، އާއި އޭނާގެ ކިޔަވާހިތްވާ ކާފައާ ބެހޭ ގޮތުން އޭނާ ކުރި ޓުވީޓް 2،000 އަށް ވުރެ މީހުން ރިޓްވީޓްކޮށް ދިން ތަރުހީބުން ސެލާޒާ އަށްވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ.

ސީބީއެސް ނިއުސް އަށް ސެލާޒާ ބުނެފައިވާ ގޮތުގައި އޭނާއަށް ވަރަށް އާދައިގެ ކަމަކަށް ވީ ކަމެއް ގިނަ ބަޔަކަށް އާދަޔާޚިލާފު ހައިރާން ކުރުވަނިވި ކަމަކަށް ވުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ.

ލިބަރަލް އާޓްސްއިން މޭޖާއަކަށް ވުމަށް ކިޔަވަންފެށި ސެލާޒާ ބުނީ ޖޯކު ޖެހުމާއި ހިތްތިރި މިޒާޖުގެ ސަބަބުން ކާފައަކީ އޭނާގެ ކްލާހުގައި ކިޔަވާ ކުދިންނަށް ވުރެ ވަރަށް ބޮޑުތަން ދޮށީ މީހަކަށް ވިޔަސް އެންމެންގެ މެދުގައި ކާފަ ވަރަށް މަގްބޫލު ކަމަށެވެ.

މީހުން ކާފަޔާ އެހާ ގަޔާވަނީ އުމުރުން 82 އަހަރު ވެފައި ވިޔަސް ކާފަ ކިޔަވަން ކުރާ މަސައްކަތް ބަލައިގަންނާތީ ކަމަށް ސެލާޒާ ގަބޫލު ކުރެ އެވެ.

"ކާފަގެ އަޒުމަކީ ޑިގްރީއެއް ހޯދުން،" ސެލާޒާ ބުންޏެވެ. އަދި ކާފަގެ މަސައްކަތަށް ބަލައި އަމިއްލައަށް ވެސް ޑިގްރީއެއް ނަގަން ޖެހޭނެ ކަމަށް ސެލާޒާ ގަބޫލުކުރެ އެވެ.

ނަމަވެސް ސެލާޒާގެ ކާފަ އޭނާއަށް ނުވަތަ އެހެންވެސް ޒުވާން ކުދިންނަށް ރޯލް މޮޑެލް އަކަށް ވާކަށް ބޭނުމެއް ނޫނެވެ. އޭނާ ބުނި ގޮތުގައި އޭނާ ކިޔަވަން މަސައްކަތްކުރަނީ އެއީ އަބަދުވެސް އޭނާ ކުރާހިތްވާ ކަމަކަށް ވާތީ އެވެ. ރޯލު މޮޑެލް އަކަށް ވާން ބޭނުންވެގެނެއް ނޫނެވެ.