ބަނޑަށް ރަނގަޅު ލެމަނޭޑެއް
ބަނޑަށް ރަނގަޅު ލެމަނޭޑެއް

ހިކެން އުޅޭ އިރު، ގިނަ ބަޔަކު އެންމެ ބޮޑަށް ސަމާލުކަން ދޭ އެއް ކަމަކީ ވީހާ ވެސް އަވަހަކަށް ބަނޑު ހިންދުމެވެ. ކަސްރަތާ އެއްވަރަށް، ކެއުމުގެ ރަނގަޅު ވައްޓަފާޅިއެއް ވެސް މިކަމަށް ބޭނުންވާނެ އެވެ. ކިތަންމެ ވަރަކަށް ކަސްރަތު ކުރިޔަސް ކެއުންބުއިމަށް އެދެވޭ ހެޔޮ ބަދަލެއް ނުގެނެވޭ ނަމަ ބޭނުންވާ ނަތީޖާއެއް ނެރެން އުނދަގޫ ވާނެ އެވެ.

ބަނޑަށް ރަނގަޅު ލެމަނޭޑެއް
ބަނޑަށް ރަނގަޅު ލެމަނޭޑެއް

މިއީ ބަނޑަށް ލުއިވެ އަދި ބަނޑުގެ މަސްތައް ވިރުވައިލަން އެހީތެރި ވެދޭނެ ކަމަށް ބުނާ ލެމަނޭޑެއްގެ ވާހަކަ އެވެ. މި އަށް ބޭނުންވާ އަސާސީ ތަކެއްޗަކީ ކިއުކަމްބާ، އިނގުރު، ލުނބޯ އަދި މިންޓް ފަތް ކޮޅެކެވެ.

މި ތަކެތި ބޭނުންކޮށްގެން ތައްޔާރުކުރާ ލެމަނޭޑް ބޮއެގެން ނަތީޖާ ފެނުނު ކަމަށް އިންޓަނެޓްގެ އެކި ފޯރަމްތަކުގައި މީހުން ބުނެފައިވެ އެވެ. އަޖުމަ ބަލައިލުމަކުން ގޯހެއް ނެތެވެ.

އާދައިގެ ސައިޒެއްގެ ކިއުކަމްބާއެއް

4 ލުނބޯ

1 އިންޗީގެ އިނގުރުކޮޅެއް

10 މިންޓް ފަތް

2 ލީޓަރު ފެން

ތިން ލުނބޯ އިން ހުތް ފެލާފައި، އަނެއް ލުނބޯގެ އޮށް ނަގާފައި ތުނިކޮށް ފޮތިކޮށްލާށެވެ. ދެން ކިއުކަމްބާ ވެސް ރީތިކޮށް ދޮވާލައި ފޮތިކޮށްލާށެވެ. އެއަށް ފަހު ފެނުގެ ތެރެއަށް ލުނބޯ ހުތާއި ކޮށާފައި ހުރި ކިއުމްކަމާ އާއި ލުނބޯ ފޮތިތައް އަޅާފައި އޭގެ ތެރެއަށް އިނގުކޮޅާއި މިންޓް ފަތް ކޮޅު ވެސް ކުދިކޮށް ކޮށާލާފައި އަޅާލާށެވެ. ދެން ހައެއްކަ ގަޑިއިރު ވަންދެން ފްރިޖްގައި ބަހައްޓައިގެން ފިނިކޮށްލާށެވެ.

ބޯ އިރު، ބޭނުން ނަމަ ފުރާނާލައިގެން ވެސް ބޮވިދާނެ އެވެ. ނުވަތަ ހަމަ ހުރި ގޮތަށް ތައްޓަށް އަޅައިގެން ވެސް މި ލެމަނޭޑް ބޮވިދާނެ އެވެ.

މިއީ ހަކަތަ އިތުރުކޮށް ދިނުމުގެ އިތުރަށް ހަށިގަނޑުގެ ތެރޭގައި ހުންނަ ބޭކާރު ފްލުއިޑްސް ބޭރުކޮށްލަދޭން އެހީވާނެ ބުއިމެކެވެ. އަދި މިއީ ހަޖަމުގެ ނިޒާމު ރަނގަޅުކޮށްދޭ، މެޓަބޮލިޒަމް ވެސް ހަމަޔަކަށް އަޅުވައިދޭނެ ބުއިމެކެވެ.

މީހާ ފަލަވެ، ބަރުދަން އިތުރުވުމަކީ ބޮޑެތި ސިއްހީ ބަލިތައް ކުރިމަތިވާނެ ކަމެކެވެ. އެހެންވެ މިކަހަކަ އާދައިގެ ބުއިމަކުން ވެސް ބަރުދަން ކޮންޓްރޯލް ކުރެވިދާނެ އެވެ.