15 އެޕްރީލް 2019 - 10:23

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުކަމަށް ކުރިމަތިލެއްވި، އެ ކޮމިޝަނުގެ ކުރީގެ ރައީސް ޔޫސުފް މާނިއުއާ އެކު 26 މީހެއްގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

އެންއައިސީގެ މެމްބަރުކަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ އެ ކޮމިޝަންގެ ރައީސްކަން ކުރެއްވި މެމްބަރު މުހައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމުންނެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ފަރުހާދު އައްޔަން ކުރުމުގެ ކުރިން މަސައްކަތް ކުރެއްވީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގަ އެވެ. އެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހޯމް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އެވެ.
އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލި އެންމެންގެ ނަންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލިހަށް ފޮނުއްވި އެވެ. ރައީސް މަޖިލިހަށް ފޮނުއްވި ސިޓީގައި ވަނީ ނަންތައް ދިރާސާ ކުރުމަށް ފަހު، އެ ކޮމިޝަނަށް މެމްބަރަކު އައްޔަންކޮށް ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
މާނިއު، އެންއައިސީގެ މެމްބަރުކަމަށް އައްޔަން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެކަމަކު، އެންއައިސީގެ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސްވެރިން ހުރަސްއަޅާ ކަމަށާއި އެގޮތަށް އަމަލުކުރާ އޮފިސަރުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައި ވަނިކޮށް އެ ކޮމިޝަނުން މާނިއު ވަކިކުރެއްވީ ވެސް ކުރީގެ ސަރުކާރުންނެވެ.
1- ޑރ. އައިޝަތު ޝެހްނާޒް އާދަމް، މ. އެމޭޒަން
2- މުހައްމަދު ޒަހީން، ދަފްތަރު ނަންބަރު 8544
3- މުހައްމަދު އަފްޒަލް، މއ. ހިލްސްޓަން
4- ޑރ. މުހައްމަދު މުނީޒް، ހ. އެލްޕާޝޯ
5- އަދުހަމް އަބްދުއްރަހީމް، ދަފްތަރު ނަންބަރު 290
6- އައިޝަތު ހުސެއިން މަނިކު، ހ. ރީނދޫކޮކާގެ
7- ހުސެއިން ހަމީދު، ގ. ތުނޑިވެލި
8- ޝުއައިބު އަބްދުއްރަހްމާން، ދަފްތަރު ނަންބަރު 1188
9- އަހުމަދު އަދީމް، މ. ރަބީއީގެ
10- މަރިޔަމް ޝަހްނީޒާ ނަސީރު، ތިލަދޫ، ހއ. ދިއްދޫ
11- ޔޫސުފް މާނިއު އަހުމަދު، ގ. އަތަ
12- އައިމިނަތު ރުކްޝާނާ އިބްރާހިމް، މ. ލިޔާގެ
13- އަބްދުލްއަޒީޒް ޔޫސުފް، އަރުތަ، ބ. މާޅޮަސް
14- ރިޒްމީނާ، ވައިލެޓްގެ، ދ. ކުޑަހުވަދޫ
15- އަބްދުﷲ ރާޒީ، ފުނާޑު، ކޯޒީ، ޏ. ފުވައްމުލައް
16- ޝަފީގާ ނައީމް، ބީޗްސައިޑް ފ. ނިލަންދޫ
17- އަހުމަދު މޫސާ، ހ. އަމްސާވިލާ
18- އާދަމް ނައީމް، ހ. ފިނިބިން
19- މުހައްމަދު ހުޝާމް އަލީ، ހ. އާޒާދެވާދީ
20- ނާސިރާ ސޯދިގް، މ. ތްރީބާޑްސް
21- އަލީ މުހައްމަދު މަނިކު، ދަފްތަރު ނަންބަރު 1851
22- ހުސެއިން ރަޝީދު ޔޫސުފް، ދަފްތަރު ނަންބަރު 2065
23- މަރިޔަމް ސައީދާ އިބްރާހިމް، މ. ކޮކާހަނދުވަރުގެ
24- ހައްވާ ވަޖުދާ، ތުނޑި، ލިންކް، ލ. ގަން
25- ހަދީޖާ ނައީމް، މ. ރަންވަރަ
26- މިންނާ ނާފިޒް، މ. ލިލީޒް
އެންއައިސީގައި މިހާރު ތިއްބެވީ ހަތަރު މެމްބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު ހަދީޖާ އަބްދުﷲ އަދި އަހުމަދު އަމީނެވެ.
ފަސް މެމްބަރުން ހިމެނޭ ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރަނީ ފަސް އަހަރު ދުވަހަށެވެ.
ސަރުކާރުން އެންއައިސީ އުފެއްދީ، ފުލުހުންގެ މައްސަލަތައް ބެލުމަށް ކުރިން އޮތް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އުވާލުމަށް ފަހު އެވެ. އަދި ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަނުން ބަލަމުން އައި މައްސަލަތަކާއި އިމިގްރޭޝަން އަދި ކަރެކްޝަނަލް ސާވިސްގެ މައްސަލަތައް ވެސް މިހާރު ބަލަނީ މި ކޮމިޝަނުންނެވެ.