"ދެދަތްދޮޅި" ފިލުވާނީ ކިހިނެއް؟
"ދެދަތްދޮޅި" ފިލުވާނީ ކިހިނެއް؟

ތުއްތު ކުއްޖެއްގެ "ދެ ދަތްދޮޅި" އިންނަ ނަމަ އަހަރެމެން އުޅެނީ ލޯބިންނެވެ. އެކަމަކު މި ވިސްނުން ބަދަލުވަނީ ބޮޑެތި މީހުންނާ ހަމައިންނެވެ. މިއީ ބޮޑެތި މީހުން ލަދު ގަންނަ ކަމެކެވެ. މިއީ ކިހިނެއްވާ ކަމެއް ހެއްޔެވެ؟ ހައްލު ހޯދާނީ ކިހިނެއް ހެއްޔެވެ؟

ދެދަތްދޮޅިލާ ހަމައެކަނި ސަބަބަކީ ފަލަވުމެއް ވެސް ނޫނެވެ. ބައެއްފަހަރު އެއީ އާއިލީ ގޮތުން ވާރުތަކުރާކަމެކެވެ. އާއިލާ މީހުންނަކީ މަސްގަނޑު ދޫ ނުވަތަ ދެދަތްދޮޅި ހުންނަ ބަޔަކަށް ވާ ނަމަ މިއީ އެކަށީގެންވާ ކަމެކެވެ.

އުމުރު މަތިވުމާ ގުޅިގެން ވެސް ދެދަތްދޮޅި ލާފާނެ އެވެ. މިހެން ދިމާވަނީ އުމުރާއެކު ހަންގަނޑު ދޫވެ ރޫ ޖެހުމުންނެވެ.

އަނެއް ސަބަބަކީ ކަރަށް އާންމުކޮށް ގެނެވޭ ހަރަކާތްތަކާއި ގެންގުޅެވޭ ގޮތެވެ. ނުރަނގަޅު ޕޯސްޗަ ނުވަތަ ކަރު ބެހެއްޓޭ ގޮތުން ނުވަތަ ކަރު އެލުވާލައިގެން އުޅުމުން ވެސް މިހެން ދިމާވެދާނެ އެވެ.

މިކަމަށް ހައްލެއް ހޯދަން ކުރެވިދާނެ ބައެއް ކަސްރަތު ހުރެ އެވެ.

މި ކަސްރަތު ކުރުމަށް ފުރަތަމަ ދެ ފައި ވަށްކޮށްލައިގެން ތަނެއްގައި އިށީންނާށެވެ. ދެން ކަރު އެއްފަރާތަކުން ގަޔާ ދުރަށް ގެންދެވުނު އެންމެ ދުރަކަށް ގެންދާށެވެ. ދުވާލަކު މިގޮތަށް 10 ފަހަރު މަސައްކަތްކޮށްލާށެވެ.

މިކަސްރަތުގައި ކަރު ދެ ފަރާތަށް، އެއް ފަރާތުން އަނެއް ފަރާތަށް ރޮޓޭޓް ކުރާށެވެ. މިހެން ހެދުމުން ދަތްދޮޅި އާއި ދަށުގައި ހުންނަ މަސްތަކަށް ކަސްރަތު ލިބޭނެ އެވެ.

މި ކަސްރަތުގައި ދޫހިއްލައި އަނގައިގެ މަތީ ކައިރީ ޖައްސާށެވެ. މިހެން ހަދާއިރު ބޯ ކުރިއަށާއި ފަހަތަށް ގެންނާށެވެ. ކޮންމެ ދުވަހަކު ފަސް ފަހަރު މިގޮތަށް ހަދާށެވެ.

މިއީ ދެދަތްދޮޅި ހުންނަ މީހުން، ނަތީޖާ ފެންނަ ކަމަށް ބުނެފައިވާ ބައެއް ކަސްރަތުތަކެވެ. އެކަމަކު މިފަދަ ކޮންމެ ކަމަކީ ވެސް އަލަށް ފަށާއިރު ސައިޑް އިފެކްޓެއް ފެނިދާނެ ކަންކަމެވެ. އަދި ސައިޑްއިފެކްޓެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ އަމިއްލަ ސިއްހަތު ރައްކާތެރި ކުރުމަށް ކަންކުރަންވާނެ ގޮތެވެ.

ދެދަތްދޮޅި ފިލުވުމަށް ބައެއް ހޯމް ރެމެޑީ ވެސް ބޭނުންކުރެ އެވެ. އޭގެ ތެރޭގައި ކާސްޓާ އޮއިލް، ބިހުގެ ހުދުބައި އަދި ވިޓަމިން އީ އޮއިލް ހިމެނެ އެވެ