އެމީ އެވޯޑްސްގެ ރީތި ހެދުންތަކާއި މޭކަޕް
އެމީ އެވޯޑްސްގެ ރީތި ހެދުންތަކާއި މޭކަޕް

ގޭމް އޮފް ތްރޯންސް، އެމެރިކަން ހޮރޯ ސްޓޯރީ، ސްކެންޑަލް ފަދަ މަގުބޫލު ޑްރާމާ ސީރީޒް ތަކުގެ ތަރިން 68 ވަނަ އެމީ އެވޯޑްގެ ރެޑް ކާޕެޓުން ފެނުނީ ޑިޒައިނާ ހެދުމާއި ސޫޓުގަ އެވެ. ފިލްމީ ދާއިރާގެ މައި ރަށް ލޮސް އެންޖެލިސްގައި އޮތް އެމީ އެވޯޑް ޝޯ އަކީ މިހާރު އޮސްކާ އަށް ވާދަކުރާ ރަސްމިއްޔާތެކެވެ.

އެމީ އެވޯޑްސްގެ ރީތި ހެދުންތަކާއި މޭކަޕް
އެމީ އެވޯޑްސްގެ ރީތި ހެދުންތަކާއި މޭކަޕް

ފިލްމަށް ވުރެ އެކި ވައްތަރުގެ ސީރީޒްތައް މަގުބޫލުކަން ހޯދުމާ އެކު މި ހަފުލާ އަށް ލިބޭ ސަމާލުކަން ވެސް ބޮޑުވެގެން ދިޔައީ އެވެ.

އެމީ އެވޯޑްސްގެ ރީތި ހެދުންތަކާއި މޭކަޕް
އެމީ އެވޯޑްސްގެ ރީތި ހެދުންތަކާއި މޭކަޕް

ސޯފީ ޓާނާ، އެމިލިއާ ކްލާކް، ސޮފިއާ ވާގާރާ އަދި ޕްރިޔަންކާ ޗޯޕްރާ ފަދަ އެންމެންގެ ފޭވަރިޓް ތަރިން އެމީ އެވޯޑްސްގެ ރަތް ދޫލަ މަތިން ފެނިގެންދިޔަ އެވެ. ތަރިންގެ ތެރެއިން އެންމެ ރީތި ހެދުން ލީ އެކްޓްރަސުންނާއި އެންމެ ހިތްގައިމު މޭކަޕް އަދި ހެއާ ސްޓައިލް ކޮށްލާފައި ތިބި ތަރިންގެ ފޮޓޯތައް ހިއްސާކޮށްލާނަމެވެ.

އެމީ އެވޯޑްސްގެ ރީތި ހެދުންތަކާއި މޭކަޕް
އެމީ އެވޯޑްސްގެ ރީތި ހެދުންތަކާއި މޭކަޕް

ރޭގަނޑުގެ މި އެވޯޑް ހަފުލާއަށް ގިނަ ތަރިން ލައިގެން ތިބީ ގަދަ ކުލަތަކުގެ ގައުން އެވެ. ނަމަވެސް، އެމިލިއާ ކްލާކްގެ މަޑު ޕީޗު ކުލައިގެ ވަސަޗޭ ގައުން ގިނަ ބަޔަކަށް ކަމުދިޔަ އެވެ. މި ސްޓްރެޕްލެސް ގައުން ދުރުން ބަލާލުމުން ހީވަނީ ވަރަށް އާދައިގެ ހެދުމެއް ހެންނެވެ. ނަމަވެސް، ކައިރިން ބަލައިލުމުން؛ މުޅި ހެދުން ޖަރީކޮށްފައި ވަނީ ކުދި ހުޅުނބުތަކެއް ގޮތަށް ހުރި މިނާ ފޮތިތަކެކެވެ.

އެމީ އެވޯޑްސްގެ ރީތި ހެދުންތަކާއި މޭކަޕް
އެމީ އެވޯޑްސްގެ ރީތި ހެދުންތަކާއި މޭކަޕް

ކުއަންޓިކޯގެ ތަރި ޕްރިޔަންކާ ލައިގެން ހުރީ ރަތް ކުލައިގެ ގައުނެކެވެ. އަދި އޭނާގެ ގައުން ޑިޒައިންކުރީ ޖޭސަން ވޫ އެވެ. ޕްރިޔަންކާގެ އިސްތަށިގަނޑު ވަރަށް ސިމްޕަލްކޮށް އައްސާލާފައި މޭކަޕް ވެސް ސާދާ ގޮތަކަށް ބެހެއްޓުމަށް ފަހު ތުންފަތުގައި ރަތް ޝެނަލް ލިޕްސްޓިކް ޖައްސާފައި ހުއްޓެވެ. ސޯފީ ޓާނާ، މޮޑެލް އެމިލީ، ކެރީ ވޮޝިންޓަން އަދި ކާސްޓަންގެ ގައުން އާއި މޭކަޕް ފުރިހަމަ އެވެ.

އެމީ އެވޯޑްސްގެ ރީތި ހެދުންތަކާއި މޭކަޕް
އެމީ އެވޯޑްސްގެ ރީތި ހެދުންތަކާއި މޭކަޕް

ރެޑް ކާޕެޓް ހަފުލާތަކުގައި ތައުރީފުކޮށް ފާޑުކިޔަނީ އަންހެނުން ހެދުން އަޅާފައި ތިބޭ ގޮތަށެވެ. އާދަވެގެން ފިރިހެނުން ސޫޓު ލާފައި ތިބޭތީ ބޮޑު ސަމާލުކަމެއް ނުދެ އެވެ. ނަމަވެސް، ފުރިހަމަކޮށް ހުންނަ ސޫޓެއް ލައިގެން ތިބެނީ ފިރިހެނުންގެ މަދު ބައެކެވެ. އެމީ އެވޯޑްސް ހަފުލާގައި ޓޮމް ހިޑްލްސްޓަން، ޖޯން ޓްރަވޮލްޓާ އަދި ގޭމް އޮފް ތްރޯންސްގެ ކިޓް ހެރިންޓަން އަކީ ފިރިހެނުންގެ ތެރެއިން އެންމެ ރީތިކޮށް ސޫޓު ލައިގެން ތިބި ތަރިންނެވެ.

އެމީ އެވޯޑްސްގެ ރީތި ހެދުންތަކާއި މޭކަޕް
އެމީ އެވޯޑްސްގެ ރީތި ހެދުންތަކާއި މޭކަޕް

މިއަހަރުގެ ރެޑް ކާޕެޓް މަތިން ވިދާލި ތަރިންގެ ތެރެއިން އަލަށް ނެރުނު ސީރީޒް ސްޓްރޭންޖާ ތިންގްސްގެ 12 އަހަރުގެ މިލީ ބޮބީ ބްރައުން، ގޭޓަން މަޓަރައްޒޮ އަދި ކޭލަބް ހިމެނެ އެވެ. މިލީ ބޮބީ ބްރައުންގެ އެކްޓު ކުރުމަށާއި އޭނާ އެރޭ ލައިގެން ހުރި ވެލެންޓީނޯ ހެދުމާއި ސިމްޕަލް މޭކަޕަށް ގިނަ ބަޔަކު ތައުރީފުކުރި އެވެ.