14 އެޕްރީލް 2019 - 22:09

ޓެކްނިކަލް މައްސަލައަކާ ގުޅިގެން އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކުރުމުގައި ދަތިތަކެއް ދިމާވެއްޖެ އެވެ.
އިމިގްރޭޝަނުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެކަން ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަން އޭނާ ވިދާޅެއް ނުވެ އެވެ.
ނަމަވެސް އެމަޖެންސީ ކަމެއް ދިމާވެއްޖެ ނަމަ އެކަމަށް ހައްލު ކޮށްދޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އިލެކްޓްރޯނިކް ޕާސްޕޯޓުގެ އިތުރުން ދެން ދޫކުރަނީ ނޮން އިލެކްޓްރޯނިކް ޕާސްޕޯޓެވެ. ނޮން އިލެކްޓްރޯނިކް ޕާސްޕޯޓް އާއްމުކޮށް ދޫކުރާނީ 10 އަހަރުން ދަށުގެ ކުދިންނާއި އެކި ގައުމުތަކުގެ އެމްބަސީ މެދުވެރިކޮށް ޕާސްޕޯޓަށް އެދޭ މީހުންނަށެވެ.
"އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުމުގައި އެކަނި މައްސަލަ ދިމާވީ. އެހެން ހިދުމަތްތަކަށް ދަތިކަމެއް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.