ނޭޕާލުގައި ޕަބްޖީ ކުޅުން މަނާކޮށްފި
ނޭޕާލުގައި ޕަބްޖީ ކުޅުން މަނާކޮށްފި

ކަތުމަންޑޫ (އެޕްރީލް 13) - މަޝްހޫރު އޮންލައިން ގޭމް "ޕަބްޖީ" ކުޅުން ނޭޕާލުގައި މަނާކޮށްފި އެވެ.

އޮފިޝަލުން ބުނީ ނޭޕާލުގައި ބަޕްޖީ ކުޅުން މަނާކުރަން ޖެހުނީ އެ ގޭމުގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން ކަމަށެވެ.

ނޭޕާލުގެ ކޮމިއުނިކޭޝަން އޮތޯރިޓީން ބުނީ ޕަބްޖީ މަނާކުރުމަށް އިންޓަނެޓް ސާވިސް ޕްރޮވައިޑަރުންނަށް އެންގީ ކަތުމަންޑޫ ޑިސްޓްރިކް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ކަމަށެވެ.

"ބެލެނިވެރިންނާއި ސްކޫލްތަކުން ކެނޑިނޭޅި ކުރަމުން ދިޔަ ޝަކުވާގެ ސަބަބުން ޕަބްޖީ މަނާކުރުމަށް ކޯޓު އަމުރެއް ހޯދަން ޖެހުނީ،" ފުލުހުންގެ ސީނިއާ އޮފިޝަލެއް ކަމަށްވާ ދިރާޖް ޕްރަތާޕް ސިންގް ވިދާޅުވި އެވެ.

ސައުތު ކޮރެއާގެ ކުންފުންޏަކުން ޕަބްޖީ ގޭމް 2017 ވަނަ އަހަރު ލޯންޗްކުރި ފަހުން މިހާތަނަށް ވަނީ އެ ގޭމް 100 މިލިއަނަށް ވުރެ ގިނަ ފަހަރު ޑައުންލޯޑްކޮށްފަ އެވެ.

ބެލެނިވެރިންނާި ސްކޫލްތަކުން ބުނަމުން ދަނީ ބަޕްޖީ ކުޅޭ ކުދިންގެ ކިޔެވުމަށް ނޭދެވޭ އަސަރުކޮށް އެ ކުދިންގެ އަޚުލާގު ގޯސްވަމުންދާ ކަމަށެވެ.

އިންޑިއާގައި މުސްލިމުންގެ އާބާދީ ބޮޑު ގުޖުރާތު ސްޓޭޓުގައި ޕަބްޖީ ގޭމް ކުޅުން ވަނީ މަނާކޮށްފި އެވެ. ގުޖުރާތުގެ މިނިސްޓަރަކު ވިދާޅުވެފައި ވަނީ ޕަބްޖީ އަކީ "ކޮންމެ ގެއަކަށް ވަދެއުޅޭ ޖިންނިއެއް" ކަމަށެވެ.