ކަލަ ބޭންކުން މާދަމާ ކުލަ ހިލޭ ބަހަނީ
ކަލަ ބޭންކުން މާދަމާ ކުލަ ހިލޭ ބަހަނީ

ކުލަ ހިލޭ ބަހާ ހަރަކާތެއް ހުޅުމާލޭގައި މާދަމާ ބާއްވަން ކަލަ ބޭންކުން ނިންމައިފި އެވެ.

ކަލަ ބޭންކުން މާދަމާ ކުލަ ހިލޭ ބަހަނީ
ކަލަ ބޭންކުން މާދަމާ ކުލަ ހިލޭ ބަހަނީ

'އެންމެންގެ ރޯދަ ސޭލް' ގެ ނަމުގައި އޭސް ހާޑްވެއާ އާއި ކަލަ ބޭންކުން ކުރިއަށް ގެންދާ ރޯދަ ޕްރޮމޯޝަންގެ މި ހަރަކާތް އޮންނާނީ ހުޅުމާލޭގެ ރުއްގަނޑު ސަރަހަދުގެ އޭ ޒޯނުގައި ހަވީރު 4:00 ން 6:00 އަށެވެ.

ކުލަ ބެހުމުގެ އިތުރުން ކަލަ ބޭންކުން ވިއްކާ ތަފާތު ކުލަތައް މި ހަރަކާތުގައި އާންމުންނަށް ދައްކާލާނެ އެވެ. އަދި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުލަލާނެ ގޮތް އިންޓީރިއާ ޑިޒައިނަރެއް މާދަމާގެ ހަރަކާތުގައި ކިޔައި ދޭނެ ކަމަށް ކަލަ ބޭންކުން ބުންޏެވެ. މި ޕްރޮމޯޝަން ގައި އަގުހުރި އިނާމާ އެކު، ހާއްސަ މުބާރާތްތަކެއް ވެސް އޮންނާނެ އެވެ.

އޭސް ހާޑްވެއާ އާއި ކަލަބޭންކުން ކުރިއަށް ގެންދާ ރޯދަ ޕްރޮމޯޝަނުގެ ތެރެއިިން 300ރ. އަށް ވުރެ މަތިން ވިޔަފާރިކުރާ މީހުންގެ މެެދުގައި ކޮންމެ 10 ދުވަހަކުން ގުރުއަތު ނަގާނެ އެވެ. އެ ގުރުއަތުގެ ނަސީބުވެރިއަކަށް އެތަނުން ވަނީ ސައިކަލެއް ދޭން ނިންމައިފައި އެވެ.