31 އޯގަސްޓް 2016 - 13:48

ސޯލް (އޮގަސްޓް 31) - އުތުރު ކޮރެއާގެ ވަރަށް އިސް ވަޒީރަކު އެ ގައުމުން މިދިޔަ މަހު މަރާލާފައިވާ ކަމަށް ދެކުނު ކޮރެއާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓްރީން ބުނީ އުތުރު ކޮރެއާ އިން މަރާލި ކިމް ޔޮން-ޖިން އަކީ އެ ގައުމުގެ ބޮޑު ވަޒީރެއް ކަމަށާއި އޭނާ އަކީ އެޑިއުކޭޝަން މިނިސްޓްރީ ހިންގަވާ ވަޒީރު ކަމަށެވެ. ދެކުނު ކޮރެއާ އަށް މި މައުލޫމާތު ލިބުނު ގޮތެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އުތުރު ކޮރެއާއާ ބެހޭ ގޮތުން ދެކުނު ކޮރެއާ އިން ހާމަކުރާ މައުލޫމާތު ސައްހަ ކުރުމުގައި މައްސަލަ ދިމާވެ އެވެ.
އުތުރު ކޮރެއާއާ އޮންނަ ގުޅުމާ ބެހޭ ކަންކަން ބަލަހައްޓާ ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓްރީ އަކީ އުތުރު ކޮރެއާއާ ބެހޭ ގޮތުން މައުލޫމާތު ހޯދާ އެންމެ މުހިންމު އިދާރާ އެވެ.
މަރުގެ އަދަބު ދޭ މީހުންނާ ބެހޭ މައުލޫމާތު ވެސް އުތުރު ކޮރެއާ އިން ހާމަކުރަނީ ވަރަށް މަދުންނެވެ. މިފަދަ މައުލޫމާތެއް އެންމެ ފަހުން ހާމަކޮށްފައި ވަނީ 2013 ވަނަ އަހަރު އެވެ. އެފަހަރު މަރާލި ކަމަށް ބުނެފައި ވަނީ 2011 ވަނަ އަހަރު ވެރިކަމާ ހަވާލުވި ރައީސް ކިމް ޖޮން އުންގެ ބޮޑު ބޭބެ ޗަން ސޮން- ތައެކް އެވެ.