10 އެޕްރީލް 2019 - 18:05

އދ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ އަރިޔަދޫގައި މިއަދު މެންދުރު ފަހު އަލިފާން ރޯވެ އަނދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ ރަށުގައި ރޯވެފައިވާ ކަމަށް ރިޕޯޓްކުރީ މިއަދު މެންދުރު ފަހު 2:40 ގައި ކަމަށާއި އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންގެ އިތުރުން މާމިގިލީ އެއާޕޯޓްގެ ފަޔަ ޓީމުން ވެސް ހަރަކާތެރިވަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، ރަށުގެ ބޮޑު ބައެއްގައި ރޯވެފައި ވާއިރު އަދިވެސް އަލިފާން ކޮންޓްރޯލެއް ނުވެ އެވެ.
ފުލުހުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ރަށުގައި ހުރި ބޮޑެތި ރުއްގަސްތަކުގެ ތެރޭގައި ވެސް އަލިފާންގަނޑު ފެތުރިފައިވެ އެވެ.