މާޗު މަހު އައި ޓޫރިސްޓުންގެ އަދަދު އިތުރު
މާޗު މަހު އައި ޓޫރިސްޓުންގެ އަދަދު އިތުރު

މިދިޔަ މާޗު މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ ނިސްބަތް 22 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މާޗު މަހު އައި ޓޫރިސްޓުންގެ އަދަދު އިތުރު
މާޗު މަހު އައި ޓޫރިސްޓުންގެ އަދަދު އިތުރު

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ، މާޗު މަހު ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ނިސްބަތް އިތުރުވެފައިވާ ކަމަށެވެ. މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އަށް އައި ޓޫރިސްޓުން ވަނީ 16.8 ޕަސެންޓް އިތުރުވެފަ އެވެ. އަދި ޖެނުއަރީ މަހު 6.5 ޕަސެންޓު ވަނީ އިތުރުވެފަ އެވެ.

އަލީ ވަހީދު ވިދާޅުވީ، މިދިޔަ ތިން މަހު ރާއްޖެ އަށް އައި ޓޫރިސްޓުންނަށް ބަލާއިރު 15 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. މިއަހަރުގެ މިހާތަނަށް 482،978 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.

ރާއްޖެ އަށް އަންނަ ޓޫރިސްޓުން އިތުރުވަމުންދާ އިރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ މާކެޓުތަކުން ޓޫރިސްޓުން މަދުވަމުން ދަނީ ޗައިނާ މާކެޓުންނެވެ.

"މިޙާރު ފެންނަ ފެނުމަށް ބަލާއިރު އުފަލާއެކު ފާހަގަކޮށްލަން ރާއްޖެ އަށް ޓޫރިސްޓުން އަންނަ ޓޮޕް ފައިވް މާކެޓުގެ ތެރޭގައި އެއް ވަނައިގައި ޗައިނާ، ދެވަނައިގައި އިޓަލީ އޮތް އިރު ޖާމަނީ އާއި ޔޫކޭ އާއި އިންޑިޔާ މިއޮތީ ވަރަށް ހަމަހަމަކޮށް،" އޭނާ ވިދާޅުވި އެވެ.

އިންޑިޔާ އާއި ރާއްޖޭގެ ގުޅުން އިތުރުވުމުގެ ސަބަބުން ވެސް ރާއްޖެ އަށް ފައިދާކުރާކަން ޓޫރިޒަމްގެ ތަފާސްހިސާބުތަކުން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.